ޚަބަރު
23 Jun 2024
ޚަބަރު
ފުލުހުގެއްގައި ގައި ކާރުން ޖައްސައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވާ ކަމަށެވެ.
23 Jun 2024
ޚަބަރު
ފިޔޯރީން ގެއްލިގެން ހޯދަނިކޮށް ފެނުނު ކުޑަކުއްޖާގެ އިތުރު ޓެސްޓްތައް ހަދަނީ
އިއްޔެ ގދ. ފިޔޯރީން ގެއްލުނު ކުޑަކުއްޖާ އަކީ، އުމުރުން 8 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުޑަކުއްޖާ އާއިލާއަށް ގެއްލުނީ އިއްޔެ ހަވީރު 17:35 ހާއިރުން ފެށިގެން ކަމަށާއި އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 19:08 ގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
23 Jun 2024
ޚަބަރު
ހައްޖުވެރިން އެނބުރި އަންނައިރު، ރޯގާ ފެތުރުން ހުއްޓުވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި
އެޗްޕީއޭއިން ވަނީ، ހައްޖާއި ޢުމްރާގެ އަޅުކަމަށް ފަހު އެނބުރި އަންނައިރު، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްދީ އެކަންކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހުގައި ރައްކާތެރިކަމާއި އެކު ނައްތާލުމާއި، ގިނަ ގިނައި ސައިބޯނި ލައިގެން އަތްދޮވުމާއި، ދަތުރުމަތީގަޔާއި ހައްޖާއި އުމުރާގެ އަޅުކަމުގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުން ހިމެނެއެވެ.
23 Jun 2024
ޚަބަރު
ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލައިގެން ދިޔަ މީހާ ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، 22 އަހަރުގެ ފިރިހެނެއް ކަމަށެވެ
23 Jun 2024
ޚަބަރު
ރާއްޖެއަށް ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބީ ކަނޑުމަތީގައި ހާލުގައި ޖެހުނު ބައެއް: ފުލުހުން
ނ. އަތޮޅުގައި އޮންނަ ވަވަތި ނަމަކަށް ކިޔާ ފަޅުރަށަކަށް އިއްޔެ ލެއްގި ސޯމާލިއާގެ ޑިންގީގައި ތިބީ އެޤައުމަށް ނިސްބަތްވާ 3 ފިރިހެނުންނެވެ. އެމީހުން ފެނުނު އިރު އެމީހުން ޞިއްޙީހާލަތުވެސް ރަނގަޅެވެ.
23 Jun 2024
ޚަބަރު
ގދ. ފިޔޯރީން ގެއްލުނު ކުޑަކުއްޖާ ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުޑަކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކުއްޖާ ފެނުނު އިރު ފިނިވެ ހީކަރުވެފައި ގެންފައިވާތީ ޑޮކްޓަރަށް ދެއްކުމަށް އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން އިދާރާއިން ވިދާޅުވިއެވެ.
22 Jun 2024
ޚަބަރު
ގދ ފިޔޯރީން 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ ކުޑަކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 19:08 ހާއިރުގައި ކަމަށެވެ. ކުޑަކުއްޖާ އެންމެފަހުން ފެނިފައި ވަނީ ހަވީރު 17:35 ހާއިރު ގެއިން ކަމުގައި ފުލުހުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
22 Jun 2024
ޚަބަރު
މަސްވެރިންގެ އިހްތިޖާޖު ޤާނޫނީ އިމުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ދަނީ ފުރުޞަތު ދެމުން: ފުލުހުން
ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަސްވެރިން ސުލްޙަވެރިކަމާއި އެކު ޤާނޫނީ އިމުގެ ތެރޭގައި އިހްތިޖާޖު ކުރުމަށް ފުރުޞަތު ދެމުން ގެންދާ ކަަމަށާއި، އަދި އިހްތިޖާޖުގެ ސަބަބުން، މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމާއި އެކު އެތަނުގެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށްވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން އަމަން ޤާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފިޔަވަޅުތަކަށް، މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުން ދެއްވުމަށާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަަމަލެއް ނުކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
22 Jun 2024
ޚަބަރު
މޫސުމް ގޯސްވެ މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭގެ 22:00 އާއި ހަމައަށް ބޯކޮށް ވާރޭވެހި ބާރަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. މިގޮތުން އެވްރެޖުކޮށް 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވެއެވެ.
22 Jun 2024
ޚަބަރު
މީދޫ މިސްކިތެއްގައި އަންހެނަކު ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލަ ފުލުހުން ބަލަން ފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެޓިކްޓޮކް ވީޑިއޯ ހެދީ އެރަށަށް އީދު ޝޯވ ދޭން ދިޔަ ގުރޫޕެއްގައި ހިމެނޭ އަންހެން މެމްބަރެއް ކަމަށެވެ. އޭނާ އެވީޑިއޯ ހަދާފައި ވަނީ މީދޫގައި ހުންނަ އާސާރީ މިސްކިތުގައެވެ. އެތައް ސަތޭކައަހަރެއްވީ ހިރިގަލުގެ އެމިސްކިތަކީ އަދިވެސް އެރަށުގައި މީހުން ނަމަާދު ކުރަމުން އަންނަ މިސްކިތެކެވެ.
22 Jun 2024
ޚަބަރު
ވިއްސާރަ އާއި ގުޅިގެން ޕީއެންސީ ހަރުގެ ހުޅުވުން މާދަމާރެއަށް ފަސްކޮށްފި
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެއްސި ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރެއަށް ފަސް ކުރީ، ވިއްސާރަވެ މޫސުމް ތަން ނުދިނުމުގެ ސަބަބުންނެވެ.
22 Jun 2024
ޚަބަރު
ޢީދު މިސްކިތުން ވައްކަން ކުރި މީހާގެ ފޮޓޯ އާއްމުކޮށްފި
މިސްކިތުން ވައްކަންކުރި މީހާ ހުކުރު ވިލޭތޭ މިސްކިތަށް ވަދެފަިއ ވަނީ މެންދަމު 12 ޖެހި އިރުގައެވެ. އަދި އޭނާ މިސްކިތުން ނުކުމެފައި ވަނީ، އެރޭގެ 1:09 ގައެވެ. އޭނާ މިސްކިތުން ނުކުމެފައި ވަނީ ފަންކާ ނައްޓައި ރޫޅައި ކޮތަޅަކަށް އަޅައިގެން ކަމަށް އާއްމު ކޮށްފައިވާ ސްކްރީން ޝޮޓްތަކުން ފާހަގަވެއެވެ.
22 Jun 2024
ޚަބަރު
ހައިވޭ މަތިން ސައިކަލު ކަހާލައިގެން ވެއްޓި ސްރީލަންކާ މީހަކު މަރުވެއްޖެ
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ސައިކަލު ކަހާލައިގެން ވެއްޓުމުގެ ހާދިސާ ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބުނީ، އިއްޔެ ހެނދުނު 6:40 ހާއިރުގައި ކަމަށެވެ. އަދި ސައިކަލު ކަހާލައިގެން ގޮސް ވެއްޓި އެމީހާ ޖެހިފައިވަނީ، ހައިވޭގެ ފެންސުގައި ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
22 Jun 2024
ޚަބަރު
ހަނިމާދޫގައި ގެއެއްގެ ކޮޓަރީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ އެގޭގެ ކޮޓަރިއެއްގައި ކުއްޔަށް ދިރިއުޅެމުން އައި މީހެއް ކަމަށެވެ.
22 Jun 2024
ޚަބަރު
ސޯމާލިއާ ތިން މީހަކު ތިބި ޑިންގީއެއް ނ. އަތޮޮޅު ފަޅުރަށަކަށް ލައްގައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލެއްގި ޑިންގީއަކީ ސޯމާލިއާގެ ޑިންގީއެއް ކަަމަށާއި، އޭގައި ތިބި މީހުންނަކީ ސޯމާލިއާގެ ތިން މީހުންކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެރަށުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި، އެމީހުން ތިބީ، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
21 Jun 2024
ޚަބަރު
މާލޭގެ މިސްކިތްތަކުގެ ވައްކަން ކުރުމުގެ 21 މައްސަލައެއް ވަނީ ހުށައަޅާފައި: ފުލުހުން
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަަތައް ހުށައެޅި އެމައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށާއި، މިގޮތުން ވަގަށް ނަގާފައިވާ ބައެއްތަކެތި ހޯދައި ހަވާލުވެސް ކުރެވިފައިވާ ކަމަށެވެ. މިގޮތުން، އެ މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލު ކުރެވިފައިވާ ކަމުގައި ސިޓީ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.