Advertisement

ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއެކުރުން --

02 Jul 2024
ޚަބަރު

ސަމޯއާ އެގްރިމެންޓްގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ކަންކަމަށް ރާއްޖެއިން ޢަމަލެއް ނުކުރާނެ: ސަރުކާރު

ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައެޅުމަށް ފަހުގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިހެން ވިދާޅުވީ، ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއެކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއިއެކު އިއްޔެ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއެކުރުމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، އެކްސްގައި ލިޔުއްވި ޕޯސްޓުގައެވެ.

ހީނާ ވިދާޅުވީ، ރާއްޖެއިން ސަމޯއާ އެގްރިމެންޓްގައި ސޮއެކޮށްފައި ވަނީ، ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުގައިކަން ހީނާ ފާހަގަކުރެއްވިއެވެ. ޑެކްލަރޭޝަން އަދި ރެޒަވޭޝަންއަކީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުކަންކަން ހިމެނޭ މާއްދާތަކަށް ރާއްޖެއިން އަމަލު ނުކުރާނެކަން ބަޔާންކޮށް ހުށައަޅާ ނުކުތާތަކެވެ. 

ހީނާ ވިދާޅުވީ، އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުޞަތުނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ.

ސަމޯއާ އެގްރިމެންޓްގައި ސޮއެކުރުމަށް އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކާއި، އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުން ދެކޮޅު ހަދާއިރު، އޭގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަމޯއާ އެގްރިމެންޓަށް އެއްބަސްވާ ޤައުމުތަކުން، އެޤައުމުގެ ރައްޔިތުންނަށް ދޭންޖެހޭ އިންސާނީ ޙައްޤުތަކުގެ ގޮތުގައި، އެއްޖިއްސުން ކައިވެނި ކުރުމާއި، ޖިންސް ބަދަލު ކުރުމާއި އެބޯޝަން ހެދުމާއި، އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން ދޭންޖެހޭނެކަމަށް ހިމަނާފައި އޮންނަ އޮތުން ހިމެނެވެ.  

ދިވެހިރާއްޖޭގެ ފަރާތުން ސަމޯއާ އެގްރީމެންޓްގައި އިއްޔެ ސޮއެކުރެއްވީ، ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޤީލާ ޢަލީ އެވެ. އެރަސްމިއްޔާތު ބާއްވާފައި ވަނީ، އިއްޔެ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ހުންނަ އޯގަނައިޒޭޝަން އޮފް ދި އެފްރިކަން، ކެރީބިއަން، އެންޑް ޕެސިފިކް ސްޓޭޓްސްގެ ހެޑްކުއާޓަގައި އިއްޔެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.