ޚަބަރު
ޚަބަރު
16 Jun 2024
ޚަބަރު
މާފަންނު ސްޓޭޑިއަމްގައި ބޭއްވި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
އެމަނިކުފާނު މިޢީދާއި ގުޅިގެން ފޮނުއްވި ތަޙްނިޔާގެ ޚިޠާބުގައި ވަނީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
16 Jun 2024
ޚަބަރު
މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި
ގްރޭޓާ މާލެ ރީޖަންގައި 4 ތަނެއްގައި މިއަދު ވަނީ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވާފައެވެ. ވިލިމާލޭގެ ބޯޅަ ދަނޑުގައި ޢީދުފެ ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވި އިރު، މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ، މާފަންނު ސްޓޭޑިއަމްގައެވެ.
16 Jun 2024
ޚަބަރު
ރައީސް މުއިއްޒަށް އުފަން ދުވަހުގެ ތަޙްނިޔާ ވިދާޅުވެ ޗައިނާގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފި
ޗައިނާގެ ރައީސްގެ މި ސިޓީފުޅުގައި ޗައިނާގެ ރައީސްވަނީ ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރައްވާފައިވެއެވެ.
16 Jun 2024
ޚަބަރު
ޕިކަޕެއްގައި ގިނަ އަދަދެއްގެ މީހުން އުފުލި މައްސަލައެއް ބަލަން ފަށައިފި
ޕިކަޕަކަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެެއް ބަލަންފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވާއިރު، މިހަފްތާގައި ވަނީ، ޕިކަޕަކަށް ލޭބަރުން އަރުވައިގެން ދުއްވާ މައްސަލައެއް އާއްމުންގެ މީހަކު ސޯޝަލްމީޑިއާގައި ފެންމަތިކޮށްފައެވެ.
16 Jun 2024
ޚަބަރު
މާރާމާރީ ހިންގައިގެން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:30 ހާއިރުގައި ކަމަށެވެ. މާރާމާރީއާއި ގުޅިގެން އެކަކަށް އަނިޔާވެ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Jun 2024
ޚަބަރު
ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
އެމަނިކުފާނުގެ ޚިޠާބުގައި، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
15 Jun 2024
ޚަބަރު
ޢީދާއި ގުޅިގެން މާދަމާ ހަވީރު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި
އެއްގަމު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަކޮށްފައިވާ ވަގުތުތަކުގައިވެސް ޚާއްޞަ ހުއްދައެއްގެ ދަށުން ބައެެއް އުޅަނދު ފަހަރު ދުއްވޭނެއެވެ. މިހުއްދަ ދޫކުރަނީ، މާލެ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތާ ބެހޭ ބައިން ކަމުގައިވެސް ސިޓީ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.
15 Jun 2024
ޚަބަރު
ދިވެހި ހުރިހާ ހައްޖުވެރިން ތިބީ ޢަރަފާތު ބިމުގައި - ހައްޖުމިޝަން
މޯލްޑިވްސް ހައްޖު މިޝަން އިން ބުނީ، ހުރިހާ ހައްޖުވެރިންވެސް ޢަރަފާތު ބިމަށް ގޮސްފައިވާ ކަމަށާއި، ހުރިހާ ހައްޖާޖީންގެ ޙާލުވެސް އާއްމު ގޮތެއްގައި ރަނގަޅުކަމަށެވެ. ހައްޖު މިޝަން އިން ހާމަކޮށްފައިވާ ގޮތުގައި، އަރަފާތު ބިމަށް ހައްޖުވެރިން ދަތުރުފެށީ، ރޭ މައްކާގެ ގަޑިން 11:30ގައެވެ. އަދި ފަތިސް ނަމާދުު ވަގުތުގެ ކުރިން ހުރިހާ ހައްޖުވެރިންނަށްވެސް ޢަރަފާތު ބިމަށް ވަދެވިފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
15 Jun 2024
ޚަބަރު
ގްރޭޓާ މާލޭގެ 4 ތަނެއްގައި މާދަމާ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ
15 Jun 2024
ޚަބަރު
ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑަިއގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅަށް 3.8 މިލިޔަން ރުފިޔާ ޚަރަދުވި: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ހިނގާ ޚަރަދުތައް އާއްމުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ. މިގޮތުން ދަތުރުފުޅު ނިމޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި އެމައުލޫމާތު އާއްމު ކުރައްވަމުން ގެންދަވައެވެ.
15 Jun 2024
ޚަބަރު
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ހަތަރު ފޮޅުލީ ގިނަ އުޅަނދުތައް ޓޯވކޮށްފި
14 Jun 2024
ޚަބަރު
ފުރަތަމަ ފެރީ ދަތުރުގައި ލޯންޗެއް ނެރު ފަސްގަނޑަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
14 Jun 2024
ޚަބަރު
ދިވެހި ހައްޖުވެރިން މިނާއަށް ހިނގައްޖެ
މޯލްޑިވްސް ހައްޖު މިޝަން އިން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި ހައްޖާޖީންގެ ހާލު ރަނގަޅެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.
14 Jun 2024
ޚަބަރު
މިދައުރުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް 213 ބިލެއް ހުށައަޅާނެ
އިއްޔެ ބަންޑާރަ ނައިބުގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ގުޅޭ މައުލޫމާތުތައް ހާމަކުރައްވާފައެވެ. އިއްޔެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއްމުކޮށް ޝާއިއު ކުރައްވާފައި ވާއިރު، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި، 213 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައި ވަނީ، 15 ދާއިރާއަކުން ކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
14 Jun 2024
ޚަބަރު
ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރެވެމުން - ހެލްތު
އެމިނިސްޓްރީން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާއި ގުޅުވައިގެން އާއްމު ކުރި ބަޔާނުގައެވެ. އެމިނިސްޓްރީން ވިދާޅުވީ، ހދ. ކުޅުދުއްފުއްްޓާއި އަދި ރ. އުނގޫފާރުގައި މިއަހަރުގެ ތެރޭގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
14 Jun 2024
ޚަބަރު
އެމްއޭސީއެލްއިން ކުރިޔަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވަނީ އެއަރޓްރެފިކް ކޮންޓްރޯލަރުން އަދާކުރާ ވަޒީފާގެ މުހިއްމުކަމާއި އެކަމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީގެ އިތުރުން އެމްނެޓްސްއަކީ އަލަށް އުފެދުނު ކުންފުންޏަކަށްވުމާއެކު ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަމާމެދުވެސް ވާހަކަ ދެއްކެވިއެވެ.