Advertisement

ޕީއެންސީ ހަރުގެ ---

22 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ވިއްސާރަ އާއި ގުޅިގެން ޕީއެންސީ ހަރުގެ ހުޅުވުން މާދަމާރެއަށް ފަސްކޮށްފި

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރުގެ ހުޅުވުމަށް މިރޭ ބާއްވަން ހަމަޖައްސާފައި ރަސްމިއްޔާތު މާދަމާ ރެއަށް ފަސްކޮށްފިއެވެ.

އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެއްސި ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރެއަށް ފަސް ކުރީ، ވިއްސާރަވެ މޫސުމް ތަން ނުދިނުމުގެ ސަބަބުންނެވެ. ޕީއެންސީ ހަރުގެ ރަސްމީ ގޮތުން ހުޅުއްވައި ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކަމުގައި އެޕާޓީން ހާމަކޮށްފައިވެއެވެ.

ޕީއެންސީގެ ރަސްމީ ހަރުގެ ހުޅުވަނީ، އެންމެ ކުރިން އެމްޑީޕީގެ ހަރުގެ އަދި އޭގެ ފަހުން ދަ ޑިމޮކްރެޓްސްގެ ހަރުގެ ހިންގި، ހ. ވެޔޮވިލާގައެވެ.

އެމްޑީޕީގެ ހަރުގެ ހިންގި އިމާރާތް، ހ. ވެޔޮވިލާއަކީ, އެމްޑީޕީގެ ކުރީގެ މެމްބަރު، ޝަފީޢާ ޒުބައިރުގެ ގެއެކެވެ. އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތީ، އެމްޑީޕީގެ ތެރޭގައި ހިނގި ފެކްޝަން ކޯޅުންގަނޑުގެ ތެރޭގައެވެ. ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ބަލިވެ، ދެވަނަ ބުރުގައި އެމްޑީޕީއާ ޕީއެންސީން ވާދަކުރި އިރު، ޝަފީޢާ ތާޢީދުކުރެއްވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ.

ކޮމެންޓް
ހިޖުރަ
ކޮންމެހެންވެސް ދާންވާނެ އިންޝާﷲ
22 Jun 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.