Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ޕީއެންސީ

24 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ %50 ބޯހިޔާވަހިކަމަށް ޚާއްޞަ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޕީއެސްއައިޕީ މަޝްރޫޢުގެ ތަކުގެ %50 ގެދޮރުތަކަށް ޚާއްޞަ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހ. ވެޔޮވިލާގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ސަރުކާރަށް، ވަޢުދުތައް ފުއްދުމަށް ދަތިވެފައި އޮތީ، މިއަހަރުގެ ބަޖެޓަކީ، ސަރުކާރުން ބޭނުންވި ގޮތަށް ފާސްކުރެވިފައި އޮތް ބަޖެޓެއް ކަމުގައި ނުވާތީ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެގެންދާނީ، ސަރުކާރަށް ރައްޔިތުން ސުޕަރ މެޖޯރިޓީ ހޯދައިދީފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭނެ ބަޖެޓަކަށްވާތީ، ވަޢުދުތައް ފުއްދުމަށް އަންނަ އަހަރު މަގުތައް ފަހިވެގެންދާނެ ކަމުގެ އުއްމީދު ރައީސުލްޖުމްހޫރިއްޔާ އާކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި މަޝްރޫޢު ވެގެންދާނީ، ގެދޮރު އެޅުމަށް ޚާއްޞަ ކުރެވޭނެ މަޝްރޫޢުތަކަށް ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވަޢުދުތައް އެގޮތުގައި ފުއްދަވާނެ ކަމަށް އެމަނިކުފާނުގެވާހަކަފުޅުގައި ވަނީ ޔަޤީންކަން ދެއްވާފައެވެ.

"އަޅުގަނޑު މިރޭވެސް ތަކުރާރުކޮށްލާނީ ފުރިހަމަ ޔަޤީންކަމާއި އެކީގައި އިރާދަކުރެއްވިއްޔާ.  މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ނުހުންނާނެ ގެދޮރުވެރިކަމުގެ ފުރުޞަތު ނުލިބޭ އިރާދަކުރެއްވިއްޔާ. އެއީ ގެދޮރު އަޅާފައި ތަޅުދަނޑި ހަވާލުކުރާ މަޝްރޫޢުތަކުގެ ތެރެއިން ގެދޮރުލިބޭ މީހުންނަށް، އެކި އެކި މަޝްރޫޢުތަކުން ގެދޮރު އަޅާފައި އެއަށް މަގުފަހިކޮށްދެވިފައި ތިބި ރައްޔިތުންނަށް އެފުރުޞަތު ލިބިގެންދާ ދިޔުމާއި، އެކި ކަހަލަ ލޯނު ސްކީމްތަކުގެ ތެރެއިން %5 ވުރެ އިންޓަރެސްޓް ރޭޓު ބޮޑުވާނެ ގޮތުގައި ދޫކުރާނެ އެކިކަހަލަ ލޯނު ސްކީމްތައް. އެކަމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ހިނގާ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އާބާދީ އާ ތަރައްޤި އެއްފަސްކުރުމުގެ މަޝްރޫޢުތަކުގެ ތެެރެއިން އަމިއްލަ އިސްނެގުމުގެ މަތިން ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވެ އެއްފަސްވާން ބޭނުންވާ ރަށްތަކުގެ ރައްޔިތުންނަށް ވެސް ގެދޮރު އަޅައިދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެންމެ ބޮޑު ވަޢުދަކީ ބޯހިޔާވަހިކަމަށް އޮތް ދަތިތައް ނައްތާލުމެވެ. އެކަން މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޙާޞިލްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.