Advertisement

ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން --

24 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި ކުރީގެ މެމްބަރު ނާޒިމްވެސް ޕީއެންސީއަށް ސޮއެކުރައްވައިފި

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ނާޒިމްވެސް ޕީއެންސީއަށް ސޮއެކުރައްވައިފިއެވެ.

އުމަރު ޒާހިރަކީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޑީއާރްޕީގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2005 ވަނަ އަހަރުން ފެށިގެން ސިޔާސީ މަސައްކަތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އުމަރު ޒާހިރުވެސް ވަނީ ޕީއެންސީއަށް ސޮއެކުރެއްވުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމް ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ޙަވާލުކުރައްވާފައެވެ.

މީގެ އިތުރުން ޢުމަރު ޒާހިރާއި ހަމައެއް ދުވަސްވަރެއްފައި ޑީއާރްޕީން ސިޔާސީ މަސައްކަތްތައް ފައްޓަވައި އަދި ފަހުން ޕީޕީއެމްއާއި އެކުވެސް ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި، ފިޓްނަސްގެ ދާއިރާއިން ފާހަގަކޮށްލެވޭ މަޝްހޫރު ފިޓްނެސް އިންސްޓްރެކްޓަރ މުޙައްމަދު ޙާނިމްވެސް ރޭ ވަނީ ޕީއެންސީއަށް ސޮއެކުރައްވާފައެވެ.

މީގެ އިތުރުން ރޭ ޕީއެންސީއަށް ސޮއެކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ވައިކަރަދޫ ދާއިރާގެ ގޮނޑި  ފުރުއްވައި، އެމްޑީޕީގެ މަޖިލިސް މެެމްބަރުކަން ކުރައްވާފައިވާ މުޙައްމަދު ނާޒިމެވެ. މުޙައްމަދު ނާޒިމަކީ މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައިވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

މިބޭބޭފުޅުންގެ އިތުރުންވެސް ބައެއް އެހެން ބޭފުޅުން ވަނީ، ރޭ ޕީއެންސީއަށް ސޮއެކުރައްވައި މެމްބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.