Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ---

24 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޑޮލަރުން އެސް.ޑީ.އެެފް އަށް ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުންކަމަށް ބުނުމަކީ އޮޅުވާލުމެއް: އަމީރު

ޑޮލަރުން އެސް.ޑީ.އެެފް އަށް ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުންކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވެއްޖެއެވެ.

ކުރީގެ މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ސޮވެރިންގ ޑިވޮލޮޕްމެންޓް ފަންޑަށް، ޑޮލަރުން ފައިސާ ޖަމާކުރަންފެށީ މިސަރުކާރުންކަމަށް ވިދާޅުވެ، މިސަރުކާރުގެ އިސްބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ސޯޝަލްމީޑިއާގައި ރައްދުދެއްވައި ލިޔުއްވި ޕޯސްޓެއްގައެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވީ، ސޮވެރިންގ ޑިވޮލޮޕްމެންޓް ފަންޑާއި ގުޅޭ ގޮތުން މިސަރުކާރުން ތަކުރާރުކޮށް ވާހަކަތައް ދައްކަމުން ގެންދަނީ އޮޅުވާލައިގެން ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމުނުއިރު، ނޮވެމްބަރު 2023 ގައި، އެސް.ޑީ.އެފް ގައި ޑޮލަރުން 141.1 މިލިއަން ހުންނާނެ ކަމަށެވެ. އަދި އެމް.އެމް.އޭ ގައި ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސްއަކީ، 2 މިލިއަން ޑޮލަރު ކަމަށާއި، ފިކްސްޑް ޑިޕޮސިޓް އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި 139.1 މިލިއަން ޑޮލަރު ހުރި ކަމުގައިވެސް ކުރީގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ނިމުނުއިރު އެސް.ޑީ.އެފް ފަންޑް ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ނޮވެމްބަރު 2023 ނިމުނުއިރު ފަންޑް ސައިޒަކީ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާ. އެއީ 5 އަހަރު ތެރޭަގައި 5.4 ބިލިއަން ރުިފޔާގެ އިތުރުވުމެއް."

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު --

އަމީރު ވިދާޅުވީ، ޑޮލަރުން އެސް.ޑީ.އެެފް އަށް ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުންކަމަށް ބުނެ ވާހަކަ ދައްކަނީވެސް އޮޅުވާލައިގެން ކަމަށާއި، 2020 ވަނަ އަހަރު ޑޮލަރުން އެސް.ޑީ.އެފް އަށް ޖަމާކުރުން ހުއްޓާލީ، އެމް.އެމް.އޭ އާއެކު ހެދުނު އެޖެންސީ އެގްރިމެންޓެއްގެ ދަށުންކަމަށެވެ. އެހެންނަމަވެސް 2023 ވަނަ ކުރީ ކޮޅު ޑޮލަރުން އެސް.ޑީ.އެފް އަށް އަލުން ފައިސާ ޖަމާކުރަން ފަށާފައިވާ ކަމުގައިވެސް ޢަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް އިން ފެންނަ ގޮތުގައި އެސް.ޑީ.އެފް އަށް މި އަހަރުގެ މިހާތަނަށް ޓްރާންސްފަ ކުރެވުނީ 519.7 މިލިއަން ރުފިޔާ ކަމަށާއި، މިދިޔަ އަހަރު އެ މުއްދަތުގައި 479.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވާއިރު،  ތަކުރާރުކޮށް މިސަރުކާރުން ދައްކަމުން ދަނީ ކުރެވުނު ކޮން މޮޅުކަމެއްގެ ވާހަކައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.

ކޮމެންޓް
ރަޝީދާ ފޭދޫ
ކުރީގެ ސަރުކާރާއި ކުރީގެ ފިނޭންސްމިނިސްޓަރު ކުރިވައްކަންބަލާތަހުގީގުނޮއްގެންއުޅެނީ ސަރުކާރައް ކިހާ ވަރެއްގެ ބިރުވެރިކަމެއް ކުރިމަތި ވާތީބާ ނޫނީ ހެދިގެންއުޅޭޑީލަކުންބާ
24 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.