Advertisement

ޝަފީޢާ ޒުބައިރު --

24 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީގެ ޖަގަހަ ހުޅުވި، ހ، ވެޔޮވިލާގެ ވެރިޔާ ޝަފީޢާ ޒުބައިރު ޕީއެންސީއަށް ސޮއެކުރައްވައިފި

ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އަދި އެ ދެޕާޓީގެ ހަރުގެ ހިންގި އިމާރާތް ހ. ވެޔޮވިލާގެ ވެރިޔާ ޝަފީޢާ ޒުބައިރު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޝަފީޢާ ޒުބައިރުގެ ގެ، ހ. ވެޔޮވިލާ މިހާރު ވަނީ ޕީއެންސީގެ ހަރުގެ ހިންގުމަށް އެޕާޓީއަށް ދީފައެވެ. އެއިމާރާތަކީ، ޝަފީޢާ އެމްޑީޕީއާއި އެކު ހުންނެވި ދުވަސްވަރު އެޕާޓީގެ ސިޔާސީ ބޮޑެތި ހަރަކާތްތައް ހިންގުމަށް ބޭނުން ކުރި ޢިމާރާތެވެ.

ޝަފީޢާ ޒުބައިރު ޕީއެންސީއަށް ގުޅިވަޑައިގެން މެމްބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލުކޮށްދެއްވީ، ރޭ އޭނާގެ ގޭގައި ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޝަފީޢާއަކީ އެމްޑީޕީން ފެށިގެން ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ ބޭކަނބަލެކެވެ. އަދި ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައި، މީހުން ބިނާކުރެއްވުމުގެ ދާއިރާގައިވެސް އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ދައުލަތަށް ވަރަށް ދިގުމުއްދަތެއްގައި ޚިދުމަތް ކޮށްދެއްވި، އަދި ދިވެހި އަދަބިއްޔާތަށް އަގު ނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ދޮށީދަރިކަނބަލުންނެވެ.

ކޮމެންޓް
ބަކަރި.
ތިކަމުން ދޭހަވެ ޔަގީންވި ކަމަކީ އެއްފުޅައްމަތީން ފުއްމާލިބަކަރި އަނެއްފުޅައްމަތީންވެސް ފުއްމާލައިފިކަން.
24 Jun 2024
ވިސްނުން
ރަނގަޅުކަމެއް. ރަނގަޅު ވަޒީފާއެއް ވެސް ކަށަވަރު ވެޥަދައިގަތީ ނޫންތޯ. ތަހުނިޔާ
25 Jun 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.