Advertisement

އައްޑޫގައި ކުރިޔަށްގެންދިޔަ އިހްތިޖާޖުގެ ތެރެއިން -- ފޮޓޯ ސޯޝަލް މީޑިއާ

22 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިންގެ އިހްތިޖާޖު ޤާނޫނީ އިމުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ދަނީ ފުރުޞަތު ދެމުން: ފުލުހުން

މަސްވެރިން މިފްކޯއަށްކިރުވާފައިވާ މަަހަށް ފައިސާ ނުލިބޭތީ މަސްވެރިން ކުރަމުން ގެންދާ އިޙްތިޖާޖު ޤާނޫނީ އިމުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ފުރުޞަތު ދެމުން ގެންދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަސްވެރިން ސުލްޙަވެރިކަމާއި އެކު ޤާނޫނީ އިމުގެ ތެރޭގައި އިހްތިޖާޖު ކުރުމަށް ފުރުޞަތު ދެމުން ގެންދާ ކަަމަށާއި، އަދި އިހްތިޖާޖުގެ ސަބަބުން، މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމާއި އެކު އެތަނުގެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށްވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން އަމަން ޤާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފިޔަވަޅުތަކަށް، މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުން ދެއްވުމަށާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަަމަލެއް ނުކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ، އިޙްތިޖާޖު ކުރުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ޙުދޫދުގެ ތެރެއިން މަސްވެރިންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ޤާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުންވެސް ދެމުން ގެންދާނެ ކަމަށެވެ. އަދި އާއްމު މަސްލަޙަތު އިސްކުރުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.

މަސްވެރިން މިފްކޯއަށްކިރުވާފައިވާ މަަހަށް ފައިސާ ނުލިބޭތީ، މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި އިއްޔެއިން ފެށިގެން މަސްވެރިން އަންނަނީ އިޙްތިޖާޖު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.