Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީ ހަރުގެ ހުޅުއްވައި ދެއްވުން ---

24 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީގެ ހަރުގެ ހެންވޭރު ވެޔޮވިލާގައި ރޭ ހުޅުވައިފި

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރުގެ، ހ. ވެޔޮވިލާގައި ރޭ ހުޅުވައިފިއެވެ.

ރޭ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޕާޓީގެ ހަރުގެ ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒެވެ. މިރަސްމިއްޔާތުގައި ސަރުކާރު ހިންގާ ޕާޓީގެ އެތައް ސަތޭކަ މެމްބަރުންނާއި އާއްމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ސިޔާސީ ދާއިރާގައި މީގެ ކުރިން އެހެން ޕާޓީތަކާއި އެކު މަސައްކަތް ކުރެއްވި ބޭބޭފުޅުންވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެން އެޕާޓީގެ މެމްބަރޝިޕް ފޯމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ހަވާލުކޮށްދެއްވާފައެވެ.

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ހަރުގެ ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، ޕާޓީގެ ހަރުގޭގޭ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް، ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އެދެން މިޖަހައިގެ ބޭނުން، ފުރިހަމަ ގޮތުގައި، ޕީއެންސީ، ޕީޕީއެމްގެ ހުރިހާ ލޮބުވެތި ރައްޔިތުން ހިއްޕަވަން. މި ޕޯޑިއަމްގައި އަދި އެކިއެކި ގޮތްގޮތުން މިތަނުގައި ދިވެހި ރައްޔިތުންނަށް މިދެންނެވި ގޮތަށް ތެދު ޙަޤީޤަތް ކޮންމެ ރެޔަކުވެސް ހާމަކޮށްދެއްވަން ވީ. ހަމައަޅުގަނޑު މަރުޙަބާ ކިޔަން. އަޅުގަނޑު އެދެން. އެބޭފުޅުން. އަޅުގަނޑުމެންނާއި ވާދަވެރި ބޭފުޅުން، ހަމައެކަނި މިހާރު ކުރައްވާ ކަންތައް އެއީ ދޮގު ހެދުން. އެނޫން އެއްވެސް ކަމެއް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަދާ ދޮގުތައް ހާމަކޮށްދިނުމަށްޓަކައި ތެދު ޙަޤީޤަތާއި އެކު އެ ދޮގުތައް ހާމަކޮށްދިނުމުގެ މަސައްކަތް ޕީއެންސީގެ ހަރުގޭގައި ކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޕީއެންސީގެ ޖަގަހަ ރޭ ހުޅުވި ހ. ވެޔޮވިލާގައި އެންމެ ފުރަތަމަ ހިންގާފައި ވަނީ، އެމްޑީޕީގެ ހަރުގެ އެވެ. އޭގެ ފަހުން އެތަނުގައި ދަ ޑިމޮކްރެޓްސްގެ ހަރުގެވެސް 8 މަހެއްހައި ދުވަހު ހިންގިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.