Advertisement

އިޓަލީގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް-- ފޮޓޯ: ސޯޝަލް މީޑިއާ

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ހަނގުރާމަމަތީ މަތިންދާބޯޓުތައް ރާއްޖެއަށް ޖެއްސީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން: އެމްއެންްޑީއެފް

އިޓަލީ އަސްކަރިއްޔާގެ، އަސްކަރީ ހަނގުރާމަތީ މަތިންދާބޯޓުތަކަކާއި، އެބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އަސްކަރީ މަތިންދާ ބޯޓެއް މިއަދު މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ، ހަނގުރާމަމަތީ ހަތަރު މަތިންދާބޯޓާއި، އެ ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުގައި ދަތުރުކުރާ އަސްކަރީ އެހެން މަތިންދާބޯޓެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ވެލާނާ އެއާޕޯޓުގައި އިޓަލީގެ އަސްކަރިއްޔާގެ ހަނގުރާމަމަތީ ބޯޓުތައް ޖައްސާފައި ވަނީ، އެކަމަށްޓަކައި ކަމާއި ބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

މިދިޔަ އަހަރުވެސް އިޓަލީ އަސްކަރިއްޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ދެފަހަރެއްގެ މަތިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވެއެވެ.

މިއަދު އެ ބޯޓުތައް ވެލާނާ އެއާޕޯޓަށް ޖެއްސި އިރު، މާލެއާ ހުޅުމާާލެއަށް ވަރަށް ބާރަށް އެބޯޓުތަކުގެ އިންޖީނުގެ އަޑު އިވުނު އެކަމާއި ގުޅިގެން ބައެއް މީހުން ސޯޝަލްމީޑިއާގައި ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

އިޓަލީ އަސްކަރިއްޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް އަދި ރާއްޖެއިން ނުފުރައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.