Advertisement

މީހަކު ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކޮށްގެން ތަޅުލާފައިވާ ދޮރެއް މަތާލައިގެން ހުޅުވަނީ -- ފޮޓޯ: އެޗްޑީސީ

28 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ވިނަރެސް އެޕާޓްމެންޓް ބިލްޑިންގގެ ސެކިއުރިޓީ ދޮރުތައް މީހަކު ހަލާކުކޮށްލައިފި

ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން އިމާރާތެއް ސެކިއުރިޓީ މައި ދޮރުތައް މީހަކު ހަލާކުކޮށްލައިފިއެވެ.

އެޗްޑީސީން ވަނީ، ވިނަރެސް އެޕާޓްމަންޓް ޢިމާރާތެއްގެ ތިރީ ސެކިއުރިޓީ މައިދޮރެއް މީހަކު ހަލާކުކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯގެ ސްކްރީން ޝޮޓްތައް އާއްމުކޮށްފައެވެ. އެ ކަމާއި ގުޅޭ ގޮތުން އެޗްޑީސީން ބުނެފައި ވަނީ، އެދޮރުތައް ހަލާކުކޮށްލާފައި ވަނީ މިއަދުގެ މެންދުރު ފަހުކަމަށެވެ. މިގޮތުން ވިނަރެސް ޢިމާރާތަށް ވަންނަން ހުންނަ ސެކިއުރިޓީ މައި ދޮރާއި، އެއް ފަންގިފިލާގެ ސެކިއުރިޓީ ދޮރު ވަނީ ހަލާކުކޮށްލާފައެވެ.

އެޗްޑީސީން ވަނީ، ވިނަރެސް ފްލެޓްތަކުގެ ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެޕާޓްމަންޓް ބިލްޑިންގތަކުގެ މައިދޮރުތަކުގައި، އެކްސެސް ސެކިއުރިޓީ ސިސްޓަމްތައް ހަރުކޮށްފައެވެ. އަދި ކޮންމެ ފްލެޓަކަަށްވެސް ސެކިއުރިޓީ އެކްސެސް ސިސްޓަމްގެ 3 ޓެގް ދޫކުރަމުންދާކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.

ވިނަރެސް ފްލެޓް ޢިމާރާތްތަކުގެ މައި ދޮރުތަކުގައި އެކްސެސް ސެކިއުރިޓީ ސިސްޓަމް ހަރުކޮށް ބޭނުން ކުރަންފެށުމަށް ތައްޔާރުވެފައިވާކަން ކުރިން ދުރާލައި އެޗްޑީއީން އާއްމުކޮށް އިޢުލާނުވެސް ކުރިއެވެ.

މިކަމާއި ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ ބައެއް މީހުންނާއި އާއްމު ބައެއް މީހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހައުސިންގ މަޝްރޫޢު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައިވެސް އެކްސެސް ކޮންޓްރޯލް ސިސްޓަމްތައް ހުރެއެވެ. އެހެން ނަމަވެސް އެ ސިސްޓަމްތައް ބޭނުން ނުކުރާތީ، ހިޔާ ފްލެޓްގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން ގެންދެއެވެ.

ކޮމެންޓް
ހާމިދު
ހިޔާ ޓަވަރތަކުގެ ސަލާމަތީ ނިޒާމް ދޫކޮށްލެވިފައިވަނީ ކީއްވެތޯ. އެ ޢިމާރާތްތަކުގައި އުޅޭ މީހުންގެ ސަލާމަތްތެރިކަން ހޑސ އިން ފޯރުކޮށްދޭކަށް ނުޖެހޭތޯ.
28 Jun 2024
ވިނަރެސް އުޅޭ މީހެއް
ތިޔަދޮރުފަތް ހަލާކުކޮއްލިފަރާތާއި އޭނަ ކައިރީގައި މަންޒަރު ބަލަން ހުރިފަރާތަށްވެސް ފިޔަވަޅު އެޅުމަށް ގޮވާލަން
28 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.