ޚަބަރު
15 Jul 2024
ކޮޕާ އެމެރިކާ
ހަމަނުޖެހުން އުފެދި ކޮޕާ އެމެރިކާ ފައިނަލް ފެށުން ލަސްވެއްޖެ
ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައިވަނީ މެޗު ފެށެން ގާތްގަނޑަކަށް ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. އަދި ސްޓޭޑިއަމް ބަންދުކޮށް، މެޗު ފެށުން ލަސްކުރަން ޖެހުނީ، ޓިކެޓު ގަނެފައި ތިބި މީހުނަށް ދަނޑަށް ވަނުމަށް އުނދަގޫވުމުންނެވެ.
14 Jul 2024
ޚަބަރު
ރައީސް އާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
14 Jul 2024
ޚަބަރު
ބިދޭސީންގެ އެކޮމޮޑޭޝަންތަކެއް އެޅުމަށް ސަރުކާރަށް ލިބުނު ޕްރޮޕޯސަލްއަށް ރުހުންދީފި
ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް "އަންސްކިލްޑް" ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ހުށަހެޅި ހުށައެޅުމަކީ، ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް، މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދިޔަ ހޯމް ސެކްޓަރ ޕްރެސް ބްރީފިންގައެވެ.
14 Jul 2024
ޚަބަރު
އެމެރިކާގެ ކުރީގެ ރައީސަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް މިއަދު ދިން ބަޑީގެ ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
14 Jul 2024
ޚަބަރު
4 މިލިއަން އެމެރިކާ ޑޮލަރުގެ ވެހިކަލް ޖަޕާނުން ހަދިޔާކޮށްފި
މި ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އިހުނަށް ވުރެން އިތުރު ކުރަން ޖެހިފައިވާކަމަށާއި، އެކަންކުރެވޭނީ ރަނގަޅު ވަޞީލަތްތައް ފުލުހުންގެ ޚިދުމަތުގައި ޤާއިމްކޮށްގެންކަމަށެވެ. އ
14 Jul 2024
ދުނިޔެ
ޓްރަމްޕް މަރާލަން މަސައްކަތްކުރީ 20 އަހަރުގެ އެމެރިކާ މީހެއް
އެމެރިކާގެ ޕެންސިލްވޭނިޔާގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޕޯޑިއަމްގައި ވާހަކަ ދައްކަން ހުއްޓާ މަރާލުމަށް މަސައްކަތްކުރި، އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް އަށް ހަމަލާދިނީ 20 އަހަރުގެ އެމެރިކާ މީހެއް ކަމަށާއި، އޭނާ ނިސްބަތްވަނީ ސިޔާސީ ހަރަކާތް ކުރިޔަށް ދިޔަ ޕެންސިލްވޭނިއާއަށްކަމަށް، ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ.
14 Jul 2024
ދުނިޔެ
ޓްރަމްޕް މަރާލުމަށް ދިން ބަޑީގެ ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެ
އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް، އެމެރިކާގެ ޕެންސިލްވޭނިޔާގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޕޯޑިއަމްގައި ވާހަކަ ދައްކަން ހުއްޓައި ދިން ބަޑީގެ ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެއެވެ. ނަމަވެސް ޓްރަމްޕްގެ ކަނާތު ކަންފަތް ވަނީ ވަޒަނުގެ ބައެއް އަމާޒުވުމުގެ ސަބަބުން ޒަހަމް ވެފައެވެ.
13 Jul 2024
ރައީސް މުޙައްމަދު ނަޝީދު
މަހުޖަނުގެ އާއިލާގެ ކައިވެނީގެ ހަފްލާއަށް ދިއުމަށް ނަޝީދަށް ވެސް ދައުވަތު ލިބުނު
އިންޑިއާގެ މަހުޖަނު އަދި ދުނިޔޭގެ އެންމެ މުއްސަނދި ދިހަ މީހުންގެ ތެރޭގައި ހިމެނޭ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު، އަމިތު އަމްބާނީގެ ކައިވެނީގެ ކުލަގަދަ ހަފްލާއަށް ދިއުމުގެ ދައުވަތު ލިބުނު މީހުންގެ ތެރޭގައި، ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނެއެވެ.
13 Jul 2024
ޚަބަރު
ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ކުރީގެ ސްޓޭޓް މިނިސްޓަރު ދޫކޮށްލައިފި
ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ދޫކޮށްލައިފިއެވެ. އ
13 Jul 2024
ވިޔަފާރި
އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން އުދުއްސާލުން: ޝަރީފް
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން އުދުއްސާލެވޭނެ މަގު ފަހިކޮށްދިނުން ކަމުގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ކިޔައިދެއްވަމުން، އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިހާރުގެ އިންތިޒާމުތަކާއެކު އެންމެ ބާރު ބޮޑު ވަގުތު ތަކުގައި ކޮންމެ މިނެޓަކުން ސީޕްލޭނެއް ޓޭކް-އޯފް ކުރެއެވެ. އެއީ އެއް ގަޑިއިރަށް ބަލާނަމަ 60 އުދުހުމެވެ. އަދި ބައެއް ފަހަރު މި އަދަދު 70 އަށް އަރާކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވެވިއެވެ.
13 Jul 2024
ދުނިޔެ
ބައިޑެންއަށް އޮޅިގެން ޔުކްރޭންގެ ރައީސްއާ ޕުޓިންގެ ނަމުން މުހާތަބު ކުރެވިއްޖެ
އެމެރިކާގެ ވޮޝިންޓަންގައި ޖުލައި 9 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދިޔަ ނޭޓޯ ސަމިޓުގެ ފަހު ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އޮޅިގެން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ، ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިންގެ ނަމުން މުހާތަބު ކުރެވިއްޖެއެވެ.
13 Jul 2024
ޚަބަރު
އިންޑިއާގައި ސިކުނޑިއަށް ޖެހޭ ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ
“ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ނަމަކަށް ކިޔާ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރެމުންދާތީ، އެ ކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނެފިއެވެ.
13 Jul 2024
ވިޔަފާރި
ކޮންމެ ހިއްސާއަކަށް 80ރ. ބަހަން އެސްޓީއޯއިން ފާސްކޮށްފި
ހުކުރު ދުވަހުގެރޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޭއްވި އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭ އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދުކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.
12 Jul 2024
ޚަބަރު
ގިނަ މީހުނަށް މިއީ އެމީހުންގެ ކެރިއަރުގައި އެންމެ ކާމިޔާބު އިވެންޓު: މުޖުތަބާ
އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ 7 ވަނަ ބައްދަލުވުން ރާއްޖޭގައި މިފަހަރު ބޭއްވި އިރު، މިއީ މި ކޮންގްރެސްގައި ބައިވެރިވި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ގިނަ ބަޔަކަށް، އެމީހުންގެ ކެރިއަރުގައި ކުރެވުނު މިފަދަ އެންމެ ރަގަޅު ތަޖުރިބާކަމާއި، އަދި މިއީ އެމީހުނަށް އެންމެ ކާމިޔާބު އިވެންޓު ކަމުގައި އެމީހުން ޕާސަނަލީ ބުނެފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.
12 Jul 2024
ޚަބަރު
ޑައިވިން އަށް ދިޔަ މީހަކު ގެނބިގެން މަރުވެއްޖެ
ހުޅުމާލެ ކައިރިޔަށް ޑައިވިންއަށް ގޮސް އުޅުނު ތައިލެންޑު އަންހެނަކު ގެނބިގެން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނެވެ.
12 Jul 2024
ދުނިޔެ
ފަލަސްތީނަކީ ޓެރަރިސްޓު ޖަމާއަތެއް ގޮތަށް ސިފަކޮށްފައިވާތީ ޑެލްޓާ ބޮއިކޮޓް ކުރުމަށް ގޮވާލައިފި
މި މައްސަލަ ފެންމަތިވީ، އެ އެއާލައިނުގެ ކެބިން ކުރޫއެއްގެ ޔުނީފޯމުގެ މޭމަތީގައި ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ޕިން އެއް ޖަހާފައި ހުރުމުން، އެކަމާ ހިންހަމަ ނުޖެހިގެން އެ އެއާރލައިނުން ދަތުރުކުރި ޖުވިޝް ޕެސެންޖަރެއް، ހަގީގަތް އޮޅުވާލައި އެކްސްގައި ކުރި ޕޯސްޓުންނެވެ. އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ، ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް 2001 ވަނަ އަހަރުގެ ފަހުން ކޮންމެ އެއާރޕޯޓަކުން ދަތުރު ކުރި ނަމަވެސް އެމީހުން ސެކިއުރިޓީ ޗެކްގައި ބޫޓު ބާލަން ޖެހޭއިރު، ޑެލްޓާ ފްލައިޓުގެ މުވައްޒަފުން ޑިއުޓީގައި ތިބެނީ ހަމާސްގެ ބެޖު ޖަހައިގެން ކަމަށެވެ.