Advertisement

15 Jul 2024
ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރަކަށް ހަބީބު އައްޔަންކުރުމުގެ ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެންމެ ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އަލްއުސްތާޛް އިސްމާޢީލް ހަބީބް އަބްދުއްރަޙީމް އެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިސްމާއިލް ހަބީބު އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ނައީބް ރައީސްގެ މަގާމުގައެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އަދި ކޮމިޝަނުގެ ނައީބް ރައީސް ކަމުގެ އިތުރުން، މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ހަބީބު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންނެވީ މެންބަރުކަމުގެ ދެ ދައުރު ހަމަވުމާ ގުޅިގެން، މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެއީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހަބީބު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން، އެ ހުށަހެޅުން އިތުރަށް ބެލުމަށް މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވާފައެވެ.

އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މަރްޔަމް މުނާއާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުގެ އިތުރުން ސަމާޢު އަޙްމަދު ނަޖީބެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.