Advertisement

18 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު، އަލްފާޟިލާ މުއުމިއާ ހުސެއިންފުޅު އަވަހާރަވެއްޖެއެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވީ، އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުއެވެ. ނިޔާވިއިރު، އެކަމަނާގެ އުމުރަކީ 80 އަހަރެވެ. ހަބަރު ލިބިފައިވާ ގޮތުގައި އެކަމަނާ އަވަހާރަމިވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހުއެވެ.

މުއުމިނާ އަކީ އިބޫގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވަނީ ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވެސް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްޞާ ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވަނީ ރައީސް ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Sep 2024
ޚަބަރު
ޓޯވްކޮށްފައިވާ ގިނަ އުޅަނދުތަކެއް ނައްތާލައިފި
ފުލުުހުންގެ އިދާރާއިންނާއި ހޯމް މިނިސްޓަރުވެސް ވިދާޅުވީ، ފުލުހުން ޓޯވ ކުރާ އުޅަނދުތައް ނައްތާލަމުން ގެންދަނީ އެކަަމަށް ކަނޑައަޅާގައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާތަނަށް 499 އުޅަނދު ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 2 ފުރޮޅުލީ، 247 އުޅަނދާއި، 4 ފުރޮޅުލީ 29 އުޅަނދާއި، އެމްބިއުލާންސްއެއްގެ އިތުރުން، 223 ބައިސިކަލް ކަަމަށެވެ.
06 Sep 2024
ޚަބަރު
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިނިންމުންތައް ނިންމެވީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަު ނިޔާވުމާއި ގުޅިގެންނެވެ.
06 Sep 2024
ޚަބަރު
ރޭސިންގ އާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަތައް ބާޠިލްކޮށްފި
2023 އޮކްޓޯބަރ 19 ގައި ދީފައިވާ މިހުއްދަތައް ބާޠިލުކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ރޭސް ޖެހުމަށް ހުއްދަކޮށް ސަރަހައްދުތައް މީގެ ކުރިން ކަނޑައަޅާފައި ވީ ނަމަވެސް އެފަދަ ހުރިހާ ހުއްދައެއް ބާޠިލް ކުރުމަށް ރައީސުލްމްހޫރިއްޔާ މިއަދު ވަނީ އަންގަވާފައެވެ.
06 Sep 2024
ޚަބަރު
ސަމާޙް މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވި ރޭސް ކާރު ދުއްވި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ސަމާޙް މަރުވާން ދިމާވީ، އެކްސިޑެންޓްގައި ވިއްސައިގެން ގޮސް އޭނާ ބޯ ޕޭވްމެންޓް އަރިމަތިން ކޮންކްރީޓް ގަނޑުގައި ޖެހިގެން ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ. ސަމާހުގެ ބޮލުގެ ކަނާތް ފަރާތުން ކަނާތު ލޮލާއި ނިއްކުރިއާ ދިމާއިން ވަރަށް ބޮޑަށް ޒަޚަމްވިއެވެ.