Advertisement

16 Jul 2024
ޚަބަރު

އެފްއެސްއެމް އިން ވިއްކި ތެލުގައި ފެން ހުންނަ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އެފްއެސްއެމް އިން ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން އެފްއެސްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ގއ މާމެންދޫ އަދި ނިލަންދޫއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް މީސްމީޑިއާ ގައި ދައުރުވަމުންދާ ހަބަރަކީ ދޮގު ހަބަރެއްކަމަށެވެ. އަދި މިކަމަށް ޝައްކުވާނަމަ، ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ ވާނެކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެ ކުންފުނީގެ ބާޖުތަކުގައި މި އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ތެޔޮ ގަނެގެން ވިއްކާ ފަރާތްތަކުން ވެސް ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާ، މި މަސައްކަތުގައި ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.