Advertisement

16 Jul 2024
ޚަބަރު

އިނގުރައިދޫ ކައުންސިލުން އަންގާފައިވާ ގޮތާ ޚިލާފަށް އޮށް ހޮވާތީ ކަންބޮޑުވުން ފާޅުކޮށްފި

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލުން އަންގާފައިވާ ގޮތާ ޚިލާފަށް، ބައެއް ބޭފުޅުން އެރަށުން މިދިލި އޮށް ހޮވާތީ އެ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކައުންސިލުން 2024 ޖުލައި 14 ގައި ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، ކޮންމެ މަހަކު އެއް ދުވަހު މިދިލި އޮށް ހޮވާގޮތަށް ހަމަޖައްސާފައި އޮންނަނީ، މި ފުރުސަތު ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެ އިދާރާގެ ނިންމުމާ ހިލާފައް، ބައެއް ފަރާތްތަކުން އިތުރު ދުވަސްދުވަހު މި ކަން ކުރަމުން އަންނަ ކަމަށް ފާހަގަ ކުރެވިފައިވާކަމަށް ހާމަކޮށްފައި ވެއެވެ.

"މިރަށުގެ ގިނަ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި މިދިލިއޮށް ހޮވުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ މަހެއްގެވެސް އެއްދުވަހު އޮށް ހޮވުމަށް ވަނީ ކަނޑައެޅިފައެވެ. ނަމަވެސް އިތުރު ދުވަސް ތަކުގައި ބައެއް ބޭފުޅުން އޮށް ހޮވަމުން ދާކަން މި ކޮމެޓީ އަށް ފާހަގަކުރެވިފައިވާކަން ހިތާމަޔާއެކު ދަންނަވަމެވެ."

އިނގުރައިދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.

އިނގުރައިދޫ ކައުންސިލުން ބުނެފައިވަނީ، އެންގުމާ ހިލާފަށް މިދިލި އޮށް ހޮވާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓުކޮށްދިނުމަށް ވެސް ކައުންސިލުން އެދިފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.