Advertisement

15 Jul 2024
ކޮޕާ އެމެރިކާ
މިފްތާޙް މުޙައްމަދު

ޓިކެޓު ނެތް މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރުމުގެ ސަބަބުން ހަމަނުޖެހުން އުފެދި ކޮޕާ އެމެރިކާ ފައިނަލް މެޗު ފެށުން ލަސްވެއްޖެ

ޓިކެޓު ނެތް މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރުމުގެ ސަބަބުން ހަމަނުޖެހުން އުފެދި، ކޮލަމްބިއާ އާއި އާޖެންޓީނާ ބައްދަލުކުރާ ކޮޕާ އެމެރިކާ ފައިނަލް މެޗު ފެށުން ލަސްވެއްޖެއެވެ. 

ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައިވަނީ މެޗު ފެށެން ގާތްގަނޑަކަށް ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. އަދި ސްޓޭޑިއަމް ބަންދުކޮށް، މެޗު ފެށުން ލަސްކުރަން ޖެހުނީ، ޓިކެޓު ގަނެފައި ތިބި މީހުނަށް ދަނޑަށް ވަނުމަށް އުނދަގޫވުމުންނެވެ. 

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފްލޮރިޑާގެ މިއާމީގައި ހުންނަ ހާޑް ރޮކް ސްޑޭޑިއަމްގައެވެ. މި ސްޓޭޑިއަމްގައި 75،000 ކުޅިބެލުންތެރިންނަށް ތިބެވެއެވެ. 

ދަނޑަށް ވަންނަން އުޅުމުގެ ތެރޭގައި ކޮލަމްބިއާގެ ޑާވިން މުނޯޒްގެ މަންމަ އާއި މާމައަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވެފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ސިއްހީ ފަރުވާ ހޯދަން ޖެހޭ ވަރުގެ އަނިޔާއެއް ވެފައެއް ނުވެއެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ސްޓޭޑިއަމްގެ ގޭޓު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މެޗު ފެށެން ދޮޅު ގަޑިއިރަށް ވީތަނާ، ޓިކެޓު ނަގާފައިވާ މީހުން ދަނޑަށް ވައްދަން ވަނީ ފަށާފައެވެ. ނަމަވެސް މި މަސައްކަތް ކުރިޔަށް ގެންދެވުނީ ވަރަށް ލަސްލަހުންނެވެ.

މި ހާދިސާތަކާ ގުޅިގެން މެޗު ފެށުން ވަނީ 1 ގަޑިއިރާ 15 މިނެޓަށް ފަސް ވެގެން ގޮސްފައެވެ.

ފައިނަލް މެޗުގެ ކުރިން މުބާރާތުގެ ސެކިއުރިޓީއާ ގުޅިގެން އާޖެންޓީނާ އިން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

އާޖެންޓީނާ އިން ކަންބޮޑުވުން ފާޅު ކޮށްފައި މިވަނީ ކޮލަމްބިއާއާ އިން ސެމީ ފައިނަލްގައި އުރުގުއޭ ބަލިކުރި މެޗަށް ފަހު، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ. އެ މެޗަށްފަހު އުރުގުއޭގެ ބައެއް ކުޅުންތެރިން ވަނީ ސަޕޯޓަރުންގެ ތެރޭގައި ތިބި އެމީހުންގެ އާއިލާގެ ދިފާއުގައި ދާންޖެހިފައެވެ.

ކުޅުންތެރިންގެ އާއިލާ މެމްބަރުންނަށް އެންމެ އެކަށޭނަ ސެކިއުރިޓީ ފޯރުކޯށް ނުދެވޭ ކަމަށް ބުނެ އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް ފާޑު ވެސް ކިޔައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.