ޚަބަރު
ޚަބަރު
23 Jul 2024
ޚަބަރު
ކަރަންޓުގައި ޖެހިގެން މަރުވި މީހާގެ މައްސަލައިގައި ފެނަކަ ޖޫރިމަނާކޮށްފި
މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުޑަ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި 18 އަހަރުގެ ޒުވާނަކު މަރުވުމުގެ ހާދިސާއާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތުމުން އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފިއެވެ.
23 Jul 2024
ޚަބަރު
ރަޖިސްޓްރީނުކޮށް ހުޅުމާލޭގައި ހުންނަ ވެހިކަލްތައް ނަގަންފަށައިފި
ރަޖިސްޓްރީނުކޮށް ހުޅުމާލެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިހުރި ވެހިކަލްތައް ފުލުހުން ނަގަން ފަށައިފިއެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުންނެވެ. ހޯމަ ދުވަހު ފެށި މި މަސައްކަތުގެ ތެރެއިން ނަގަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކެވެ. އެގޮތުން ހޯމަ ދުވަހު ވަނީ 10 ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
23 Jul 2024
ޚަބަރު
ބަންގި ގޮވާ ވަގުތު މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ފަށައިފި
ހޯމަ ދުވަހުގެ ޖަލްސާ ކުރިޔަށް ދަނިކޮށް މެންދުރު ނަމާދު ވަގުތު ޖެހުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ވަގުތު ބަހުސް ކުރަމުން ދިޔަ މެންބަރުގެ މައިކު ކަނޑާލައްވާފައެވެ. ދެން މަޖިލީހުގެ ތަޅުމުން އިވުނީ ބަންގީގެ އަޑެވެ.
22 Jul 2024
ޚަބަރު
ޔޫރަޕް ކޮލެޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި
މިކަމާއި ގުޅިގެން، ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެސްޓީއޯ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމުގެ ގޮތުން، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމަށް މިއަދު ވަނީ މަޖިލީހުގެ ވޯޓަކުން ނިންމާފައެވެ. އަދި އޭގެ ވަގުތުކޮޅެއް ފަހުން، އޭނާ މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އަޙުމަދު މުނައްވަރުގެ ނަމެވެ. އޭނާ ވަނީ އޭގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވާފައެވެ.
22 Jul 2024
ޚަބަރު
ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޑރ. ނިޔާފު އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފި
ގިނަބައެއްގެ އިތުބާރު ލިބިފައިވާ، އަދި ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފު އޭޑީކޭ އިން ވަކިވެ ވަޑައިގެން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއާ (އައިޖީއެމްއެޗް) މިއަދު ގުޅިވަޑައިގެންފިއެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދިނުމަށް ފާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމާ ގުޅޭގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާގައި ނެގި ވޯޓުން، ގަވަރުނަރު މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ.
22 Jul 2024
ޚަބަރު
މާނިއު މަގާމުން ވަކިކޮށް، ކޮމިޝަނާރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ދިޔާނާ އައްޔަންކޮށްފި
ކޮމިޝަނާރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި، ގ.އަތަ އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދުގެ ބަދަލުގައި، އެ މަގާމަށް، ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
22 Jul 2024
ޚަބަރު
ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަންފީޒީ ނިޒާމު ހަރުދަނާކުރުމަށް، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާދޭ ފަރާތުން އެ ފަރާތްތަކާމެދު އިހުމާލުވާނަމަ އެ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
22 Jul 2024
ދުނިޔެ
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓަކަށް ބައިޑެން އެންޑޯޒްކުރީ ކަމާލާ ހެރިސް
މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އިއުލާންކޮށް، ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓަކަށް ނައިބް ރައީސް ކަމާލާ ހެރިސް އެންޑޯޒްކޮށްފިއެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރު ވަކި ކުރަން ނިންމި މައްސަލަ މިއަދަށް އެޖެންޑާކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުން މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ. މާލިއްޔަތު ކޮމެޓީއިން މަޖިލީހުގެ ތަޅުމަށް މި މައްސަލަ ފޮނުވުމުގެ ކުރިން އޭނާގެ މަސައްކަތަށް ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ކޮމެޓީ ބައްދަލުވުމަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
22 Jul 2024
ދުނިޔެ
ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ބައިޑެން ނިންމައިފި
މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އިއުލާންކޮށްފިއެވެ. ބައިޑަން މިކަން އިއުލާންކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
21 Jul 2024
ކުޅިވަރު
ޕެރިސް އޮލިމްޕިކްސްގައި ދިވެހި ކޮންޓިންޖެންޓުގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅައިފި
ޕެރިސް އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނީ ޓޭބަލް ޓެނިސްގެ ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމްކަމަށް ކެނޑައަޅައިފިއެވެ. އެގޮތުން ދީމާ އާއި އިބާދުﷲ އަށް ދިދަ ހަވާލުކޮށްދެއްވީ، އެ ކަމަށް ހާއްސަކޮށް، މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި އިވެންޓެއްގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ.
21 Jul 2024
ޚަބަރު
އެތުލީޓުން ކުރިއެރުވުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރާނީ މި ސަރުކާރުން: ރައީސް
ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
21 Jul 2024
ޚަބަރު
ދައުލަތުގެ އިސްމަގާމެއްގައި ހުރެ ރިޝްވަތު ނެގިކަން ސާބިތުވުމުން ހުކުމްކޮށްފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް ހެޑްގެ ގޮތުގައި ހުރެ ހ. ސަމާހިލް، ހައިލަމް މުހައްމަދު ރިޝްވަތު ނެގި ކަމަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ޖުމްލަ 379،644 ރުފިޔާ އިން ޖޫރިމަނާކޮށް، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
20 Jul 2024
ޚަބަރު
ހަ ދާއިރާގެ ތެރެއިން ފަސް ގޮނޑި ޕީއެންސީއިން ކާމިޔާބުކޮށްފި
ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލޭ ސިޓީގެ ތިން ގޮނޑި އާއި ފ. ބިލެތްދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއާއި އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީއެވެ.