Advertisement

ސައުރަޔާ އެއާލައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާ --

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ނޭޕާލުގައި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުން ސަލާމަތް ވީ ޕައިލެޓް އެކަނި

މިދިޔަ ބުދަ ދުވަހު، ނޭޕާލުގެ ސައުރަޔާ އެއާލައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ފުރާނަ ސަލާމަތްވި ހަމައެކަނި މީހަކި އެބޯޓުގެ ޕައިލެޓް ކަމުގައި ނޭޕާލުގެ މީޑިއާތަކުން ބުނެފިއެވެ.

ނޭޕާލުގެ މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި، އެބޯޓުގެ ޕައިލެޓް، މަނިޝް ޝަކްޔާއަށް ކަތުމަންޑޫގެ ކޭއެމްސީ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ސައުރަޔާ އެއާލައިންގެ  9N-AME މަތިންދާ ބޯޓު ވެއްޓުނީ، ނޭޕާލްގެ ޕޮކްރާއަށް ދިޔުމަށްޓަކައި، ތްރިބުވަން އެއާޕޯޓުން ފުރިތަނާއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ އެއާލައިންގެ 19 މުވައްޒަފުންނެވެ. އެމީހުންގެ ތެރެއިން ޕައިލެޓް ފިޔަވާ އެހެން އެންމެން ފްލައިޓް ވެއްޓުނު އެހާދިސާގައި ވަނީ މަރުވެފައެވެ.

ވެއްޓުނު އެ މަތިންދާ ބޯޓަކީ، 2003 ވަނަ އަހަރު ކެނެޑާގައި އުފައްދާފައިވާ، ބޮމްބާޑިއާ  CRJ 200 މަރުކާގެ މަތިންދާ ބޯޓެކެވެ.  އެމެރިކާ އާއި އެފްރިކާގެ އެއާލައިންތަކުން ބޭނުންކޮށްފައިވާ އެ މަތިންދާ ބޯޓު، ސައުރަޔާ އެއާލައިނުން ގަތީ، 14 މާރިޗު 2017 ގައެވެ.

ނޭޕާލަކީ، ދުނިޔޭގައިވެސް ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތު އެންމެ ގޯސް ޤައުމުގެ ގޮތުގައި ފާހަގަކޮށްފައިވާ ޤައުމެވެ. ނޭޕާލުގައި ހިނގާ މަތިންދާ ބޯއްޓު ވެއްޓުމުގެ ހާދިސާތައް ވަރަށް ގިނައެވެ. އެހެންވެ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ނޭޕާލަށް ދަތުރެއް ނުކުރެއެވެ.

ނޭޕާލުގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ހިނގި އެންމެ ގިނަ މީހުން މަރުވި ހާދިސާ އަކީ، 1992 ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާއެވެ. އެހާދިސާގައި 167 މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.