Advertisement

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

27 Jul 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ތާރީހީ ހަރަކާތްތަކަށްފަހު އޮލިމްޕިކްސް ރަސްމީކޮށް ފަށައިފި

އޮލިމްޕިކްސް ފެށުމުގެ ގޮތުން މިހާތަނަށް ފެނިގެންދިޔަ އެންމެ ވަރުގަދަ ހަރަކާތްތަކަށްފަހު، ހުކުރު ދުވަހުގެ ރޭ ޕެރިސް އޮލިމްޕިކްސް ރަސްމީކޮށް ފަށައިފިއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަ މި ރަސްމިއްޔާތު އެހާ ކުލަގަދަކޮށް ފެނުނު ނަމަވެސް، ވިއްސާރައިގެ ސަބަބުން، މިއީ މި ހަރަކާތްތައް އިންތިޒާމްކުރި ފަރާތް އެންމެ ބޭނުންވި ފެންވަރަށް ނުގެންދެވުނު ރަސްމިއްޔާތަކަށް ވުން ވެސް އެކަށީގެންވެއެވެ.

މި ރަސްމިއްޔާތުގައި ޕެރިހުގެ މަޝްހޫރު ރިވާރ ސެއިންގެ އެކި ހިސާބު ހިސާބުން ދެ އަރިމަތީގައި ކުރިޔަށް ގެންދިޔަ ނެށުމުގެ ހަރަކާތްތަކުން ވެސް، ވާރޭ ވެހެމުން ދިއުމުގެ އުނދަގޫ ނެށުންތެރިންނަށް ކުރިމަތިވަމުންދިޔަތަން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން، އެންމެ ފުރިހަމައަށް ބައެއް ހަރަކާތްތައް ކުރިޔަށް ނުގެންދެވުމާއި، ނެށުން ހުށަހަޅައިދެމުން ދިޔަ އިރު ޕްލެޓްފޯމް ތެމިފައި ހުރުމުން ބައެއް ހުށަހެޅުންތެރިން ކުޑަކޮށް ކައްސާލާތަން ވެސް ފެނިފައިވެއެވެ.

މީގެ އިތުރުން، ކުޅިބެލުމަށް ރިވާރގެ ދެފަރާތުން އެއްވެ ތިބި މީހުން ވިއްސާރައާއެކު، އޮފިޝަލުން ބޭނުން ކުރަމުން ދިޔަ ޓެންޓުތަކުން ހިޔާ ހޯދާތަނާއި، ވިއްސާރަ ކޯޓާއި ކުޑައިގެ ނިވަލުގައި ގިނަ ބަޔަކު ދުރަށް ނުގޮސް ތިބިތަން ވެސް ފެނުނެވެ.

ވިއްސާރައިގައި ރަސްމިއްޔާތު ބަލަން އެއްވެ ތިބި މީހުން

ވިއްސާރައާއެކީ އެއްވެސް ބަދަލެއް ނުފެނުނީ، އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ މޫނުމަތިންނެވެ. ވެހެމުން ދިޔަ ވާރޭގައި، ގައުމީ ޕެރޭޑު ކުރިޔަށްދިޔަ ބޯޓުތަކުގައި ތިބެ ވިހުރުވަމުން ދިޔަ ގައުމީ ދިދަ ތަކުން އެތުލީޓުންގެ ޖޯޝާ ފޯރި ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. އަދި މި އޮލިމްޕިކްސްގައި ފަހުރުވެރި ރަން ހަނދާންތަކެއް އަނބުރާ ގައުމަށް ގެންދިއުމަށް ކެތްމަދުވެފައި ތިބި ރޫހު ފެނިގެން ދިޔަކަހަލައެވެ.

ގައުމީ ޕެރޭޑުގައި އެތުލީޓުންނާއެކު ބޯޓުތައް ރިވާރ ސެއިންގައި ދަތުރު ކުރަމުންދިޔައިރު، ފަހަތުން ފެންނަން ހުރި ޕެރިސް ރަމްޒުކޮށްދޭ އައިފެލް ޓަވާރގައި އޮލިމްޕިކްސްގެ ފަސް ރިންގު ހަރުކޮށްފައި ހުއްޓެވެ. އެހެންކަމުން މި ރަސްމިއްޔާތުގައި އެ ޓަވަރު ފެނުނީ އަދި ކުރިއަށްވުރެން މާ އުޖާލާ ކޮށެވެ.

އޮލިމްޕިކްސްގެ ދަންމަރު ހިފައިގެން ދުވެފަދާ މަންޒަރު

މީގެ އިތުރުން، މި ރަސްމިޔާތުގައި ޕެރިސްގެ ބޮޑު ސަރަހައްދެއް ދައްކާލާފައިވެއެވެ. އެގޮތުން އޮލިމްޕިކްސް ދަންމަރު ހިފައިގެން އެ ސިޓީގެ މަޝްހޫރު ގިނަ ތަންތާގައި ދުވެފައިދާތަނާއި، އެ ސިޓީގެ މަލަ ރީތިކޮށް ދައްކުވައިދޭ ފުރާޅުތައް މަތިން ދުވަމުންދިޔަތަން ފެނިގެން ދިޔައެވެ. އަދި މި ރަސްމިއްޔާތުގައި ހުށަހަޅައިދިން ހަރަކާތްތަކުން ފްރާންސްގެ ތާރީހު ވެސް ދައްކުވައިދީފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.