Advertisement

ރ. އުނގޫފާރު، ނިއުލައިފް، މުޙައްމަދު ޒައިދާން (24އ)

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ޒައިދާން މަރުވި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި

އެމްއެންޑީއެފްގެ ތަމްރީންތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި  ނުވުމާއި، އިހުމާލު ވުމުގެ ތުހުމަތުތައް ކުރެވުނު، ޒައިދާންގެ މަރުގެ ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޒައިދާންގެ މަރުގެ މައްސަލައިގައި މިހާތަނަށްވެސް އެމްއެންޑީއެފުން އެއްވެސް ވާހަކައެއް އެހާދިސާ އާއި ގުޅޭ ގޮތުން ދައްކާފައި ނުވާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގުމުން އެމްއެންޑީއެފްގެ ތެރޭގައި އަމަލުކުރަމުން އަންނަގޮތުގެމަތިން އެހާދިސާ ހިނގިގޮތް ބަލާ ނިމިފައިވާ ކަމުގައި ދަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ބަލައި ނިމުނީ ކޮން ދުވަހަކު ކަމެއް އަދި ބެލި ބެލުމުން ފާހަގަވީ ކޮންކަމެއް ކަމެއް، އިތުރަށް އެޅީ ކޮން ފިޔަވަޅެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.

އެމްއެންޑީއެފުން ކުރިޔަށް ގެންދިޔަ ހައިރިސްކު ތަމްރީނެއް ކަމަށް ބުނާ ތަމްރީނެއްގެ ތެރެއިން، ރ. އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާން ނިޔާވީ، އޭނާގެ ދެފަޔަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އެކަށީގެންވާ ފަރުވާ ނުދެވި ގިނަ އިރުވެ، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ޖޫން މަހުގެ 2 ވަނަ ދުވަހުގައެވެ. އެހާދިސާ ހިނގި ގޮތާއި ގުޅޭ ގޮތުން މީޑިއާއިން ކުރި އެއްވެސް ސުވާލަކަށް އެމްއެންޑީއެފުން ޖަވާބެއް ނުދިނެވެ. އަދި އެ ހާދިސާ އާއި ގުޅޭ މައުލޫމާތު އާއިލާއާވެސް ހިއްސާކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެހާދިސާ ހިނގިގޮތް އެމްއެންޑީއެފުން ބެލިކަމަށް ބުނި ނަމަވެސް އެކަމާއި ގުޅޭ ގޮތުންވެސް އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މުހައްމަދު ޒައިދާންގެ މަރުގެ ހާދިސާ ފެންމަތިވުމާއި އެކު، އެމްއެންޑީއެފްގެ ތަމްރީންތަކުގެ ތެރޭގައި ނުރަނގަޅު އެތައްކަމެއް ހިނގާކަން އިތުބާރުހުރި މަސްދަރުތަކުން ޔަޤީންކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި ތަމްރީންހަދާ އޮފިސަރުންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގުމާއި، ޖިންސީ ގޯނާ އާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތައްވެސް ހިމެނެއެވެ. އެފަދަ ބައެއް މައްސަލަތައްވެސް މީގެ ކުރިން މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެސް ވެއެވެ.

މުޙައްމަދު ޒައިދާންގެ މަރުގެ މައްސަލަ އާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ވާހަކަ ނުދެއްކި ނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާގައި އެމްއެންޑީއެފްގެ އިސްބައެއް އޮފިސަރުން ވަނީ، ޒައިދާން އާއި އެކު ޓްރޭނިން ހަދަމުން ދިޔަ ބެޗުގައި ހިމެނޭ ހުރިހާ އޮފިސަރުންނާއި އެކު އުނގޫފާރަށް ޒިޔާރަތްކޮށް ޒައިދާންގެ މަހާނައިން ވިނަ ނޮޅައި، އޭނާގެ އާއިލާގެ ގާތަށް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.