Advertisement

ޣައްޒާގެ ހާލަތު --

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ގާޒާގެ ކޮންމެ 10 މީހަކުން 9 މީހެއްގެ ގެދޮރު ވަނީ ގެއްލިފައި: ޔޫއެން

އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަޠުލުއާއްމު ތަކުގެ ސަބަބުން، ޣައްޒާގެ އާބާދީގެ ކޮންމެ 10 މީހަކުން 9 މީހަކީ މިހާރު ގެދޮރުގެއްލިފައިވާ މީހެއް ކަމުގައި، ޔުނެއިޓެޑްނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ހާމަކޮށްފިއެވެ.

އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އެޅި އިޒްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް، 40000 ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައި ވާއިރު، ބޮންއަަޅައި މުޅި ޣައްޒާ ވަނީ ފުނޑުފުނޑުކޮށްފައެވެ.  

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢުދުވާނު ހުއްޓުވުމުގެ ބަދަލުގައި، އެމެރިކާ އާއި އިނގިރޭސިވިލާތާއި އިންޑިއާއިން އަންނަނީ، އިޒްރޭލަށް ހަތިޔާރާއި އެނޫންވެސް ގޮތް ގޮތުން މަދަދު ދީ އެހީތެރިވަމުންނެވެ.

ޔޫރަޕުން ފަލަސްޠީނުގެ ބިމަށް ހިޖުރަކުރި، ޞަހްޔޫނީންގެ ޓެރަރިސްޓް ގުރޫޕްތަކަށް، އިނގިރޭސީންނާއި އެމެރިކާއިން އިސްވެ އޮވެ، އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އުފައްދައިދިނުމުގެ ފަހުން، އިޒްރޭލުން އަންނަނީ، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޤަޠުލު އާއްމުތައް ހިންގައި ބިންތައް ފޭރި، އަދި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ރެފިއުޖީންގެ ގޮތުގައި ފަލަސްޠީނުން ބޭރުވުމަށް މަޖުބޫރު ކުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.