ޚަބަރު
ޚަބަރު
06 Aug 2024
ޚަބަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދައުރު ފުރިހަމަ ނުކުރެއްވިދާނެ ކަމަށް އުމަރު ވިދާޅުވެއްޖެ
އުމަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެ ވެރިކަން ވެއްޓިގެން ދިޔުމުގެ ސަބަބަކަށް ވެގެންދާނީ އެމަނިކުފާނު އެކި ކަންކަމުގައި ހައްދަވާފައިވާ އިތުރުފުޅުތަކެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގައި ޢަމަލު ކުރެއްވި ގޮތާއި، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތާއި، ރާއްޖޭގެ މާލީ ހާލަތާއި އިޤުތިޞާދަށް އަންނަމުންދާ ހީނަރުކަން އުމަރު ފާހަގަކުރެއްވިއެވެ.
05 Aug 2024
ޚަބަރު
ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަންގެ ގޭގައި ރޯކޮށްލައިފި
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަނގުލަދޭޝްގެ ބޮޑު ވަޒީރުގެ މަޤާމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު، އެގައުމުގައި ދިރިއުޅޭ ބައި މަދު ހިންދޫންނަށާއި، ޝައިޚް ހަސީނާގެ ޕާޓީ އަވާމީ ލީގުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ވަނީ ފަށާފައެވެ. މިގޮތުން އަވާމީ ލީގުގެ އޮފީސްތަކަށާއި، ހިންދީންގެ ފައްޅިތަކާއި ގެދޮރަށާއި މުދަލަށް ދަނީ ހަމަލާތައް ދެމުންނެވެ.
05 Aug 2024
ޚަބަރު
ހަސީނާގެ އިސްތިއުފާއަށް ފަހު، ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިއާ މިނިވަންކޮށްފި
އުމުރުފުޅުން މިހާރު 78 އަހަރުފުޅުވެފައިވާ ބޭގަމް ޚާލިދާ ޒިއާ، 2018 ވަނަ އަހަރު ވަނީ 17 އަހަރަށް ޖަލަށްލާފައެވެ. އެހެން ނަމަވެސް އެކަމަނާގެ ސިއްޙީ ހާލުކޮޅު ގޯސްކަމުން ހޮސްޕިޓަލުގައި އައީ ފަރުވާދެމުންނެވެ.
05 Aug 2024
ޚަބަރު
މުޒާހަރާ ކުރި މީހުން ހަސީނާގެ ގެކޮޅު ލޫޓުވާލައިފި
ބަނގުލަދޭޝްގެ އަސްކަރިއްޔާއިން ވަނީ، މުޒާހަރާގައި ބައިވެރިވި މީހުން، ހަސީނާގެ ގެކޮޅަށް ވަދެ ގަތުމަށް ކުރި މަސައްކަތްތައް ނުހުއްޓުވައި ދޫކޮށްލާފައެވެ. އެގެކޮޅުގެ ތެރެއަށް ވަދެގަތް އާއްމުން ވަނީ، ހަސީނާ ނިދިކުރައްވާ އެނދުމަތީގައި ފޮޓޯތައް ނަގައި އާއްމުކޮށްފައެވެ. މީގެ އިތުރުން އެ ގެކޮޅުގައި މިއަދުގެ މެންދުރުގެ ފަރިއްކޮޅަށް ތައްޔާރުކޮށްފައި ހުރި ބައެއް ކާބޯތަކެތިވެސް އާއްމުން ކާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.
05 Aug 2024
ޚަބަރު
ކަރަންޓް އިޤުތިޞާދު ކުރުމާއި ގުޅޭ ދިރާސާއެއް ކުރުމަށް އެމްއެންޔޫ އާއި ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއެކޮށްފި
މިފަހުމު ނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންޑައިރެކްޓަރ ޙުސައިން ފަޙްމީއެވެ. އަދި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
05 Aug 2024
ޚަބަރު
ހަމަނުޖެހުންތައް ބޮޑުވެ ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިފި
ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބަނގުލަދޭޝްގައި މިދިޔަ މަހު މުޒާހަރާތައް ފެށުނީ، އެޤައުމުގެ ސަރުކާރުގެ ވަޒީފާތައް ދިނުމުގައި، އެޤައުމަށް މިނިވަންކަން ހޯދުމުގައި މަސައްކަތްކުރެއްވި ފަރާތްތަކުގެ އާއިލާތަކަށް ކޯޓާ ކަނޑައަޅާފައި އޮންނަ މައްސަލައިގައެވެ.
05 Aug 2024
ޚަބަރު
މޯލްޑިވިއަންގެ ދަތުރުތަކާ އާރުޓީއެލް ފެރީގެ ދަތުރުތަކާ ދިމާކޮށް ރަށްތައް ގުޅުވާލަނީ
ގައުމީ އެއާރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކާ ދިމާވާގޮތަށް ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ދަތުރުތަކަށް ބަދަލު ގެނަސް، ފްލައިޓުން ދަތުރުކުރާ ފަސިންޖަރުންގެ ދަތުރުތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑު އެވިއޭޝަނުން ބުނެފިއެވެ.
05 Aug 2024
ޚަބަރު
ކަނޑުމަތީގެ ގިނަ ހާދިސާ ތަކެއް ހިނގި ރެއެއް، 6 ހާދިސާއެއް ވަނީ ހިނގާފައި
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި އެންމެ ގިނަ ހާދިސާތަކުގެ ރިޕޯޓްތައް ލިބިފައި ވަނީ ތ. އަތޮޅާއި ލ. އަތޮޅުންނެވެ.
05 Aug 2024
ޚަބަރު
އީފާސްގެ ހިދުމަތަށް ބުރޫ އަރައިފި
އީފާސް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ހިދުމަތް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް، ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ޤައުމީ އިދާރާ، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.
05 Aug 2024
ޚަބަރު
އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކޮށްފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް ޢައްޔަނުކުރައްވައިފިއެވެ. ނިމާލްއަށް މަގާމުގެ ފައިކޮޅު އަރުއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
05 Aug 2024
ޚަބަރު
މަޖިލީހުގެ ހާޒިރީ ދަށް، އަދި ބަހުސް ކުރާނެ މެންބަރަކު ވެސް ނުވި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅިއަށް އެޖެންޑާ ކުރި ދެ ރިޕޯޓަށް ބަހުސް ކުރާނެ މެންބަރަކު ނެތުމުންނާއި، ފްލެޓު ބަހުސްއަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަޑައިނުގެންނެވުމުން، 10 މިނެޓު ތެރޭގައި މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
05 Aug 2024
ޚަބަރު
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖޭގައި ޙުޠުބާއެއް ދެއްވަނީ
މައްކާގައި އޮގަސްޓު 4-5 އަށް ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އިސްލާމީ ވުޒާރާތަކުގެ ބައިނަލްއަޤްވާމީ މަހާސިންތާގެ ތެރެއިން ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއާ ބައްދަލު ކުރައްވައި، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދައުވަތު އަރުވައިފިއެވެ.
05 Aug 2024
ޚަބަރު
ފުލެޓުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ނަމަ ފިޔަވަޅު އަޅަނީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ މަހުން މަހަށް ދައްކަމުން ނުދާތީ، އެކަން ތަކުރާރުވަމުން ދާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ދީފިއެވެ. އާދީއްތަ ދުވަހުގެ ރޭ އެ މިނިސްޓްރީއިން އާންމުކުރި އިއުލާނެއްގައި ބުނީ، 1 ޖެނުއަރީ 2024 އިން ފެށިގެން، ފުލެޓުތަކުގެ ކުލި %20 ކުޑަކޮށްދީފައިވީ ނަމަވެސް، އެތަންތަނުގެ ކުލި ގަވާއިދުން ނުދައްކާ ކަމަށެވެ.
04 Aug 2024
ޚަބަރު
ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ މިދިޔަ އޮކްޓޯބަރު މަހު ހަވާލުވެ ވަޑައިގެންނެވި، އެމްޑީ ގޮލަމް ސަރުވާރު މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
04 Aug 2024
ޚަބަރު
ޒުލްފާ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.
04 Aug 2024
ޚަބަރު
ދެ ފުލުހެއްގެ ސައިކަލަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
ނ. ހެނބަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އެހެން ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި އެ ރަށުން ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހެނބަދޫ ސެލްވިޔޯ، އިލްޔާސް އިބްރާހީމާއި އެ ރަށު ހުދުތަރި މުހައްމަދު އިރުޝާދުއެވެ. މި ދެ މީހުންނަކީ ވެސް އުމުރުން 33 އަހަރުގެ ދެ މީހުންނެވެ.