Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާގައި އަބުދުއްރަހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީއެންސީ މީޑިއާ

07 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އަޅުގަނޑަށް ދިނީ ލަގާ: އަބްދުއްރަހީމް

18 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ޢަބްދުއްރަޙީމަށް ނުދެއްވީ ރައީސް ޔާމީނުކަމުގައި، ރައީސް ޔާމީނާއި އެކު ސިޔާސީ މަސައްކަތްތަކުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި ޢަބުދުއްރަހީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީނުވެސް، ޕީއެންސީގެ ލީޑަރޝިޕަށް އެއްޗެހި ވިދާޅުވަމުން ގެންދަވާއިރު، ރޭ ޕީއެންސީން ބޭއްވި ޖަލްސާގައިވެސް މުޅިންވެސް ފާޑުކިޔުންތަކާއި ތުހުމަތުތަކާއި ރައްދުދިނުންތައް އަމާޒުކޮށްފައި އޮތީ ރައީސް ޔާމީނަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބުދުއްރަހީމް ވިދާޅުވީ އޭނާއަށް ސިޔާސީ ގޮތުން "ލަގާ"އެއް (ލަނޑެއް) ދެއްވި ބޭފުޅަކީ ރައީސް ޔާމީނު ކަމަށެވެ. އެއީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޢަބްދުއްރަހީމަށް ދެއްވާނެ ކަމުގައި ވިދާޅުވުމަށްފަހުގައި ނުދެއްވުން ކަމުގައިވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.

ޢަބުދުއްރަހީމްގެ ވާހަކަފުޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އިރު، އެމަނިކުފާނާއި އެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ، ރައީސް ޔާމީނުގެ އެންމެ ފުރަތަމަ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދަށާއި، ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީޙް ޖަމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި މިއަދު ހިނިއަޔަސް ރުޅިއަޔަށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އޭނާ ކަމުގައި، ފަޚުރުވެރިކަމާއި އެކު ޕޯޑިއަމްގައި އަތުންޖައްސަވަމުން އަބްދުއްރަޙީމް ވިދާޅުވިއެވެ. 

"ގާތްގަނޑަކަށް އަޅުގަނޑުގެ މުޅި ސިޔާސީ ޙަޔާތުގައި ޚިދުމަތްކުރީ ރައީސް ޔާމީނަށް. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިނީ ލަގާ އަޅުގަނޑަށް. އަމިއްލަފުޅަށް އަޅުގަނޑުގެ ނަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ހުށައަޅާފައި ފޭލްކޮށްލީ ރައީސް ޔާމީން. އެއީ ޚިޔާނާތްތެރިންނަކީ. އެއީ މީހުންގެ ޚިދުމަތުގެ އަގު ވަޒަން ކުރަން ނޭގޭ މީހުންނަކީ"

ޢަބްދުއްރަހީމް ޢަބުްދުއްﷲ - ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ، ރައީސް ޔާމީން ޢަބުދުއްރަހީމްގެ މައްޗަށް ތުހުމަތު ކުރެއްވި ކޮރަޕްޝަންގެ މައްސަަލަތަކަށްވެސް ރައްދު ދެއްވާފައެވެ. އަދި ޢަބުދުއްރަހީމް ވަނީ، އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޓިއެއް ހައްދަވައި އެކޮމިޓީގެ ޗެއާއަކަށް ރައީސް ޔާމީނު ލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވާ ކަމުގައި ވިދާޅުވެފައެވެ.

ޕީއެންސީއަށް ވެރިކަން ލިބި ވެރިކަމުގެ ބާރުތައް ޑރ. މުއިއްޒުގެ އަތްޕުޅަށް ލިބިވަޑައިގެންނެވުމާއި އެކު ކުރިން ރައީސް ޔާމީނާއި އެކު ތިއްބެވި ސިޔާސީ ފަރާތްތަކުން ވަނީ، އެމަނިކުފާނުގެ ދުޝްނަމަނުންގެ ގޮތުގައި މަސައްކަތްކުރަން ފައްޓަވާފައި ކަމުގައި، ޕީއެންއެފްގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރަށް ކުރާ ތުހުމަތުތަކަށް ރައްދުދީ، ޕީއެންސީއިންވެސް ވަނީ ޖަލްސާތައް ބާއްވަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.