Advertisement

06 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ބަނގުލަދޭޝްގެ ދަތުރުތައް މޯލްޑިވިއަނުން މެދުކަނޑާލައިފި

ދިވެހިރާއްޖޭގެ ގައުމީ އެއާރލައިން، މޯލްޑިވިއަން އިން ބަނގުލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލީ މިއަދުން ފެށިގެންނެވެ. އަދި އަލުން ދަތުރުތައް ފަށާނެ ދުވަހެއް ފަހުން އިއުލާންކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލީ އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވައި ވެރިރަށް ޑާކާ ދޫކުރައްވައި ވަނީ ވަޑައިގަންނަވާފައެވެ.

މޯލްޑިވިއަން އިން ބަނގުލަދޭޝްއަށް ސީދާ ދަތުރުތައް ކުރަން ފެށީ 15 ނޮވެމްބަރު 2012 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.