Advertisement

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ --

05 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ހަސީނާގެ އިސްތިއުފާއަށް ފަހު، ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިއާ މިނިވަންކޮށްފި

ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝައިޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވައި ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމާއި އެކު ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިއާ މިނިވަންކޮށްފިއެވެ.

ބަނގުލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާލިދާ ޒިއާ މިނިވަންކުރެއްވުމުގެ އަމުރު ނެރުއްވީ، ބަނގުލަދޭޝްގެ ރައީސް، މުހައްމަދު ޝަހާބުއްދީންގެ އަމުރުފުޅަށެވެ. ޚާލިދާ ޒިއާއަކީ، ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)ގެ ޗެއާ ޕަރސަންއެވެ. 

އުމުރުފުޅުން މިހާރު 78 އަހަރުފުޅުވެފައިވާ ބޭގަމް ޚާލިދާ ޒިއާ، 2018 ވަނަ އަހަރު ވަނީ 17 އަހަރަށް ޖަލަށްލާފައެވެ. އެހެން ނަމަވެސް އެކަމަނާގެ ސިއްޙީ ހާލުކޮޅު ގޯސްކަމުން ހޮސްޕިޓަލުގައި އައީ ފަރުވާދެމުންނެވެ. 

ބޭގަމް ޚާލިދާ ޒިއާގެ އިތުރުން، ބަނގުލަދޭޝްގެ ދަރިވަރުން ފެށީ މުޒާހަރާތަކުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ އެންމެން މިނިވަންކޮށް ދޫކޮށްލުމަށްވެސް ވަނީ ނިންމަވާފައެވެ. ބަނގުލަދޭޝްގެ ރައީސް، މުހައްމަދު ޝަހާބުއްދީން މި ނިންމެވުންތައް ނިންމަވާފައި ވަނީ، ބަނގުލަދޭޝްގެ ވެރިކަމުގެ ބާރުތައް މިހާރު ނަގާފައިވާ އަސްކަރިއްޔާގެ ވެރިޔާ، ވާކަރުއްޒަމާން އާއި، އަސްކަރިއްޔާގެ އެހެންވެރިންނާއި، ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ އިތުރުން އެޕާޓީ އާއި ގުޅިފައިވާ ޖަމާޢަތޭ އިސްލާމީ ޕާޓީގެ މެމްބަރުންނާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހުގައެވެ.

ބަނގުލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވާފައި ވަނީ، މަހެއްހައި ދުވަހަށް ދެމިގެން ދިޔަ މުޒާހަރާތަަކަށް ފަހުގައެވެ. އިއްޔެއަކީ އެ މުޒާހަރާތަކުގައި އެންމެ ލޭ އޮހޮރުވުން ބޮޑުވި ދުވަހެވެ. އިއްޔެ އެކަނިވެސް ސަލާމަތީ ޚިދުމަތްތަކާއި އާއްމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 100 ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 30 ވުރެ ގިނަ ފުލުހުންވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.