ޚަބަރު
12 Aug 2024
ޚަބަރު
ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތިތަކާއި ފްލެޓް ހަވާލު ނުކުރާނެ ކަމުގެ ޢިޝާރާތެއް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި ކުރެއްވި ސުވާލަށް ފަހު މެމްބަރުންނަށް އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ، ރައީސްގެ ވަޢުދުފުޅާއި ޚިލާފަށް ހައުސިންގ މިނިސްޓްރީ ޢަމަލުކުރަމުންދާ ސަބަބެއް އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ އިރު، އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރެއްވުމަށްފަހުގައި ތޯ ޒިޔާދު ސުވާލު ކުރެއްވިއެވެ.
12 Aug 2024
ޚަބަރު
އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، އެމްޑީޕީގެ ވައިކަރަދޫ މެންބަރު ޒިޔާދު ކުރެއްވި ސުވާލާއި ގުޅިގެންނެވެ. ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފެލްޓެތައް އަތުނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވާއިރު، ފްލެޓާއި ގޯތިތައް ދޫކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތް ހައުސިން މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މަޝްވަރާކޮށްފައިތޯ ދެންނެވި ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވިއެވެ.
12 Aug 2024
ޚަބަރު
އެކަނިމާއެކަނި މީހަކު ދިރިއުޅެމުން ދިޔަ ގެއެއް އަނދައި ހުލިވެއްޖެ
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މުޅިން އަނދައިގެން ގޮސްފައި ވަނީ، އދ. ހަންޏާމީދޫ ރޯޝަނީ ގެ ކަމަށެވެ. އެގޭގައި ދިރިއުޅެމުން އައީ އުމުރުން 40 އަހަރުގެ ފިރިހެނަކު އެކަނި ކަމަށްވެސް އެ އޮޮތޯރިޓީން ބުންޏެވެ.
12 Aug 2024
ދުނިޔެ
99 އިންސައްތައިން އިންތިހާބު ކާމިޔާބުކުރެއްވި ކަގަމޭ ހުވައިކުރައްވައިފި
ޖުލައި މަހު ބޭއްވި އިންތިހާބު ކަގަމީ ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ކަގަމީ އަކީ އެ ގައުމުގައި 1994 ގައި ހިނގި ގަތުލުއާންމަށްފަހު އެކުލަވާލި ވަގުތީ ސަރުކާރު ހިންގެވުމަށް ހަވާލުވެ، އަދި އޭގެ ފަހުން އެ ގައުމުގެ ރައީސްކަމަށް އިންތިހާބުވި ބޭފުޅާއެވެ. އޭގެ ފަހުން އެއްވެސް އިންތިހާބަކުން ކަގަލީ ބަލިވެފައެއް ނުވެއެވެ.
11 Aug 2024
ޚަބަރު
ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި މޭޒު ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުން ގެންދާތީ އެ ގޮނޑިތަކާއި މޭޒުތައް، އިއްޔެގެ ނިޔަލަށް ނެގުމަށް އެޗްޑީސީން މިމަހުގެ 1 ވަނަ ދުވަހު ވަނީ އަންގާފައެވެ.
11 Aug 2024
ޚަބަރު
ސަރުކާރުގެ މަޤާމެއްގައި ހުރެ ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ މީހަކު ހުރިނަމަ ވަގުތުން މަޤާމުން ވަކިކުރާނަން: ރައީސް
ރައީސް ޔާމީނުގެ ޝަރީއަތަށް މިސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް ޔާމީނު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކަމާއި ގުޅޭ ގޮތުން ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަހީމް ދައްކަވާފައިވާ ވާހަކަފުޅުތަކަށްވެސް ރައީސް ޔާމީނު ރައްދު ދެއްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ސަރުކާރުގެ ބައެއް މަޤާމުތަކުގައި ބޭފުޅުން ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުންނާއި ދައްކަވާފައިވާ ވާހަކަފުޅުތަކެއްގެ ރެކޯޑިންގ ހުރިކަމުގައިވެސް ވިދާޅުވެފައެވެ.
11 Aug 2024
ޚަބަރު
ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ: އަޒާން
އިންޑިއާގެ ސިފައިންގެ މައްސަލަ އާއި ގުޅޭ ގޮތުން އަޒާން ވިދާޅުވީ، މިސަރުކާރުން ވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާފައި ކަމަށެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފި ނަމަ ހަނޑު ހަކުރުފުށް ނުލިބިދާނެ ކަމަށް ބުނެ ކުރީ ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކެވި ކަމުގައިވެސް އަޒާންގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.
11 Aug 2024
ޚަބަރު
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރުން ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހާމަކޮށްފައިވާ ގޮތުގައި އެބަދަލުތައް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުންފެށިގެންނެވެ.
11 Aug 2024
ޚަބަރު
ކުރީ ސަރުކާރުގައި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ފެށި މަޝްރޫއުތައް ނިންމައި މިސަރުކާރާއި ހަވާލުކޮށްފި
މި މަޝްރޫޢުތައް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ބައިވެރިވެވަޑަިއގެންނެވިއެވެ. މަޝްރޫޢުތައް ނިންމައި ދިވެހި ސަރުކާރާއި ރަސްމީ ގޮތުން ހަވާލުކޮށްދެއްވީ އެމަނިކުފާނެވެ.
11 Aug 2024
ޚަބަރު
ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު މާލެއިން ފުރާވަޑައިގެންފި
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރުގެ މިދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރާއިވެސް ބައްދަލު ކުރައްވައި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
11 Aug 2024
ދުނިޔެ
ވެއްޓުނު މަތިންދާ ބޯޓުގައި ކެންސަރަށް ފަރުވާދޭ ގިނަ ޑޮކްޓަރުންތަކެއް ތިބި
ބްރެޒިލްގެ ސައޮ ޕައުލޯއަށް ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، އެ ބޯޓުގައި ކެންސަރަށް ފަރުވާދޭ 15 ޑޮކްޓަރުން ތިބިކަމަށް، އެ ގައުމުގައި ކެންސަރާ ގުޅުންހުރި ފަރުވާތައް ދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއަކުން ހާމަކޮށްފިއެވެ.
11 Aug 2024
ޚަބަރު
އިންޑިއާ އާއެކު މަޝްރޫއުތައް ކުރިޔަށް ގެންދަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައެވެ.
11 Aug 2024
ޚަބަރު
މާލެއިން 23 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) ކަމަށެވެ. މާލޭގައި ދިރިއުޅެމުން އަންނަ އަނިލް ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، އެންމެ ފަހުން އާއިލާއަށް އޭނާގެ ޚަބަރެއް ވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު ހެނދުނު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
11 Aug 2024
ދުނިޔެ
އެމެރިކާއިން އިޒްރޭލަށް 3.5 ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމުތަކުގެ އަނިޔާވެރިކަން އިތުރުވަމުންދަނިކޮށް، ހަނގުރާމަމަތީ ސާމާނު ގަތުމަށް އެމެރިކާއިން އިޒްރޭލަށް އިތުރު 3.5 ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ. މި ކަމުގައި އެމެރިކާއިން ޝަރުތު ކޮށްފައިވަނީ، އެމެރިކާއިން އުފައްދާ ހަތިޔާރު ގަތުމަށްކަމަށް ވެސް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވެއެވެ.
11 Aug 2024
ޚަބަރު
އިންޑިއާކީ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ވެދޭ ޤައުމުކަމުގައި ރައީސް ވިދާޅުވެއްޖެ
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުތަކަކީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
11 Aug 2024
ދުނިޔެ
ދެކުނު ގާޒާއިން ފަލަސްތީނު މީހުން ފައިބަން އަންގައިފި
އަލް-ތާބިއީން ސްކޫލަކަށް ބޮން އަޅާ 100 ށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދު ކޮށްލިތާ އެއް ދުވަސް ނުވަނީސް، ދެކުނު ގާޒާގައި ދިރިއުޅޭ ފަލަސްތީން މީހުން އެ ސަރަހައްދުން ފައިބަން އިޒްރޭލް ސިފައިން އަމުރު ކޮށްފިއެވެ.