Advertisement

އަލް-ތާބީން ސްކޫލް

11 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ސްކޫލަށް ބޮން އެޅިތާ އެއް ދުވަސް ނުވަނީސް ދެކުނު ގާޒާއިން ފަލަސްތީނު މީހުން ފައިބަން އަންގައިފި

އަލް-ތާބީން ސްކޫލަކަށް ބޮން އަޅާ 100 ށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދު ކޮށްލިތާ އެއް ދުވަސް ނުވަނީސް، ދެކުނު ގާޒާގައި ދިރިއުޅޭ ފަލަސްތީން މީހުން އެ ސަރަހައްދުން ފައިބަން އިޒްރޭލް ސިފައިން އަމުރު ކޮށްފިއެވެ.

އަލް-ތާބީން ސުކޫލަކީ ގާޒާ ސިޓީގެ ގެދޮރުގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެކެވެ. އަދި އެތަނަށް ބޮން އަޅާފައިވަނީ ގިނަ ބަޔަކު ފަތިސް ނަމާދަށް ތިބި ވަގުތުގައެވެ. މި ހަމަލާގައި ސްކޫލުގެ ތެރޭގައި ހުރި މިސްކިތަށް ހާއްސަކޮށް ޓާގެޓު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއަށްފަހު އިޒްރޭލުން ބުނީ، އެ ސުކޫލަކީ ހަމާސްއިން ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއް ކަމަށެވެ. ނަމަވެސް މިކަމަށް ރައްދު ދެމުން ހަމާސް އިން ބުނެފައިވަނީ، އެ އިމާރާތުގައި އެއްވެސް ހަނގުރާމަވެރިއެއް ނޫޅޭ ކަމަށާއި އަދި އެއީ ފަލަސްތީނުގެ މައުސޫމް ރައްޔިތުން މެރުމަށް އިޒްރޭލުން ދައްކާ ބަހަނާ އެއް ކަމަށެވެ.

އަނިޔާވެރި އިޒްރޭލުން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި 39،000 އަށް ވުރެން ގިނަ ކުށެއް ނެތް ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި އަނިޔާވެފައިވާ މީހުންގެ އަދަދު 92،000 އަށް ވުރެން ގިނައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.