Advertisement

11 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އެމެރިކާއިން އިޒްރޭލަށް 3.5 ބިލިއަން ޑޮލަރުގެ އިތުރު މިލިޓަރީ އެހީއެއް ދޭން ނިންމައިފި

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމުތަކުގެ އަނިޔާވެރިކަން އިތުރުވަމުންދަނިކޮށް، ހަނގުރާމަމަތީ ސާމާނު ގަތުމަށް އެމެރިކާއިން އިޒްރޭލަށް އިތުރު 3.5 ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ. މި ކަމުގައި އެމެރިކާއިން ޝަރުތު ކޮށްފައިވަނީ، އެމެރިކާއިން އުފައްދާ ހަތިޔާރު ގަތުމަށްކަމަށް ވެސް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވެއެވެ.

ސްޓޭޓު ޑިޕާޓްމަންޓުގެ ތަރުޖަމާނު އިތުރަށް ބުނެފައިވަނީ، ހަނގުރާމަ މަތީ ސާމާނު ގަތުމަށް ބައިޑެންގެ ސަރުކާރުން އިޒްރޭލަށް ދޭ އެހީގެ ތަފްސީލު މިހާރު ވާނީ ކޮންގްރެސްއާ ވެސް ހިއްސާކޮށްފައި ކަމަށެވެ.

އެމެރިކާއިން އިޒްރޭލަށް ދިނުމަށް މި ނިންމި އެހީއަކީ، އެ ގައުމުން ކޮންމެ އަހަރަކު އިޒްރޭލުގެ މިލިޓަރީއަށް ދެމުން އަންނަ 3 ބިލިއަން ޑޮލަރުގެ އިތުރުން، އެޕްރީލް މަހު އެ ގައުމުގެ ކޮންގްރެސްއިން އިސްރޭލަށް ދިނުމަށް ފާސްކުރި 14.5 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީގެ ތެރެއިން ބައެއްކަމަށް، އެމެރިކާގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާއިން އިތުރަށް މި ހަމަޖައްސާ ފައިސާގެ އެއްބައި ހަރަދު ކުރުމަށް ނިންމާފައިވަނީ، ފަލަސްތީނުގެ ވެސްޓު ބޭންކުގައި ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ އިޒްރޭލުގެ މިލިޓަރީ ޔުނިޓަކަށެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ސިފައިންގެ އެ ޔުނިޓަށް ފަންޑު ނުދިނުމަށް އެމެރިކާއިން ކުރިން ނިންމި ނަމަވެސް، ސްޓޭޓު ޑިޕާންޓްމަންޓުން ބުނީ މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ އެ މިލިޓަރީ ޔުނިޓުން ހިންގި އަމަލުތައް ހުއްޓުވުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.