ޚަބަރު
21 Aug 2024
ޚަބަރު
ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން ސަޢުދީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަަރަށް މަޢުލޫމާތު ދެއްވައިފި
މިބައްދަލުކުރެއްވުމާއި ގުޅޭ މައުލޫމާތު ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ، ހާމަކުރައްވާފައެވެ. މިގޮތުން، އެ ބައްދަލުވުމުގައި، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު މިހާރު އޮތް ގޮތް ދަންނަވައި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހޯދެމުން އަންނަ ކުރިއެރުންތަކާއި، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވެން ހުރި ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމުގައި، މިނިސްޓަރ ޒަމީރު ހާމަކުރެއްވިއެވެ.
21 Aug 2024
ޚަބަރު
ޣައްޒާއަށް އެހީވުމަށް ހިންގި ޓެލެތޯންއިން ލިބުނު ފައިސާ ހަވާލުކޮށްފި
ޖޫން 12 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ، ޕީއެސްއެމްއިން ފޮރިން މިނިސްޓްރީ އާ ހަވާލުކޮށްފައި ވަނީ، ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ. އެފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ހަވާލުކުރީ ކޮންތާރީޚެއްގައި ކަމެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
20 Aug 2024
ޚަބަރު
ބުޅަލު މަހުގައި ކާބޯތަކެތި ހަދައި ވިއްކާކަމަށް ތުހުމަތު ކުރެވުނު ޢަރަފާތު ހައްޔަރުކޮށްފި
އަރަފާތުގެ މައްސަލަ ޖަނަވާރާއި ބެހޭ ވުޒާރާއިންވެސް އިއްޔެ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުންވެސް ދިޔައީ ކުރަމުންނެވެ.
20 Aug 2024
ޚަބަރު
ފޮރިން މިނިސްޓަރ ޒަމީރު، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވައިފި
މިބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު ރިޔާޟުގައެވެ. ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުކުރެއްުމުގައި، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސަޢޫދީޢަރަބިއްޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންއަށް ފޮނުއްވެވި ސިޓީފުޅު އެމަނިކުފާނަށް ރައްދުކުރެއްވުމަށްޓަކައި ސަޢޫދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުއްވާފައެވެ.
20 Aug 2024
ދުނިޔެ
ގާޒާގެ މުޅި ހެލްތު ސެކްޓަރ ހުއްޓާލަން ޖެހޭ ހާލަތުގައި
އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާތަކުގައި އިއްޔެ އެކަނިވެސް 35 މީހުން ޝަހީދުކޮށްލާފައިވާއިރު، ގާޒާގެ މުޅި ހެލްތު ސެކްޓަރ މިހާރު އޮތީ އެއްކޮށް ހުއްޓާލަން ޖެހޭ ހާލަތުގައި ކަމަށް، ގާޒާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ބުނެފިއެވެ. އެގޮތުން، ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލްތައް ހިންގުމަށް ދަތިވެ، އަނިޔާ ތަކުގައި ފަރުވާ ހޯދަމުންދާ ގިނަ ކުޑަކުދިންތަކެއްގެ ފަރުވާ ހުއްޓި، އެ ކުދިން މަރުވެދާނެކަމުގެ ބިރުބޮޑުކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
20 Aug 2024
ޚަބަރު
ބުޅާ މަސްއަޅައިގެން ކާތަކެތި ވިއްކި މައްސަލަ ފުލުހުންނަށް ހުށައަޅައިފި
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމިނިސްޓްރީއަށް އެކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އިއްޔެ އެމައްސަަލަ އެމިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށައަޅައި، އެމީހާ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.
19 Aug 2024
ޚަބަރު
ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
19 Aug 2024
ޚަބަރު
މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ހަޤީޤީ ބަދަލެއް ގެނެވޭނީ ހަރުދަނާ ސިޔާސަތެއް އޮވެގެން: ފަސްޓް ލޭޑީ
އެކަމަނާ މިހެން ވިދާޅުވީ، އެމްއޭސިއެލްއިން ސްޕޮންސަރކޮށްގެން، ހޮޓެލްޖެންގައި މިއަދު ކުރިޔަށް ގެންދިޔަ، "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
19 Aug 2024
ޚަބަރު
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ގެ ވިމެންސް އެޑިޝަން އެމްއޭސީއެލްއިން ސްޕޮންސަރކޮށްފި
މިކޮންފަރެންސަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މަޓާޓޯއިން ކުރިޔަށް ގެންދާ މިކޮންފަރެންސް މިއަދު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެެވެ. ކޮންފަރެންސް ކުރިޔަށް ދިޔައީ މާލޭގައި ހުންނަ ހޮޓެލް ޖެންގައެެވެ.
19 Aug 2024
ޚަބަރު
ދިވެހިންނަށް ޚާއްޞަކުރި އެސްއެމްއީ ހަބްގައިވެސް ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަނީ
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެސްއެމްއީ ހަބްގެ ސްޓޯލްތަކުގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުން ދިޔަކަމުގެ ރިޕޯޓްކޮށްފައި ވަނީ، "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށެވެ.
19 Aug 2024
ޚަބަރު
މާލޭގައި ބިދޭސީއަކު، ބުޅާމަހުގައި ބާގާ އާއި ސަބްމެރިން ހަދައިގެން ވިއްކިކަން ފަޅާއަރައިފި
އިމިގްރޭޝަނުން ހޯދަން އިއުލާނުކޮށްފައި ވަނީ، އަރަފާތު ޙުސައިން ނަމަކަށް ކިޔާ، އުމުރުން 32 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
19 Aug 2024
ޚަބަރު
ފާއިތުވި 2 އަހަރުގެ ތެރޭގައި މަކުނު ވިދުރި ދުނިޔޭގެ 116 ޤައުމަކުން ވަނީ ފެނިފައި: އެޗްޕީއޭ
އެޗްޕީއޭއިން ވިދާޅުވީ، ފާއިތުވި 2 އަހަރުގެ ތެރޭގައި އެބަލި ލައްކައެއްހައި މީހުންނަށް ޖެހިފައިވާ ކަމަށެވެ. އަދި މިވަގުތު މިބަލި ހަލުވި ކަމާއި އެކު ފެތުރެމުންދަނީ، މިބަލި ފެނުނު މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގަޔާއި، މެދުތެރޭ އެފްރިކާގެ އެހެން ޤައުމުތަކުގައެވެ. ބައިނަލްއަޤުވާމީ އެހެން މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބަލީގެ ވޭދަަނަތައް މިހާރު ވަނީ މެދު އިރުމައްޗާއި ޔޫރަޕާއި، އޭޝިއާގެ ޤައުމުތަކުން ފެންނަން ފަށާފައެވެ.
19 Aug 2024
ޚަބަރު
ރާއްޖެއަށް މަކުނު ވިދުރި އައުމުގެ ފުރުޞަތު އޮތް މިންވަރު ބަލަންފަށައިފި
އެޗްޕީއޭއިން ވިދާާޅުވީ، އެ އެބަލި ރާއްޖެއަށް އެތެެރެވުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށާއި، ރާއްޖޭގައި ބައލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި، ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި މަކުނު ވިދުރިއަށް ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމާއި، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.
19 Aug 2024
ޚަބަރު
ފޮރިން މިނިސްޓަރާއި ގަވަރު ނަރު ސައޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ސަޢޫދީއަރަބިއްޔާއަށް ވަޑައިގެންފައި ވަނީ، އެޤައުމުގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އާލްސައުދުގެ ދައުވަތަކަށެވެ.
19 Aug 2024
ޚަބަރު
ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާޙްތައް ރައީސް ތަސްދީޤު ކުރައްވައިފި
އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ތަސްދީޤު ކުރައްވާފައި ވަނީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ދެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙްތަކަކީ، ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމުގެ ސަބަބުން ދައުލަތަށް އުފުލަންޖެހިފައިވާ މާލީ ބުރަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގެނެސްފައިވާ އިސްލާޙްތަކެވެ.
18 Aug 2024
ޚަބަރު
ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަބަދުވެސް ޢަދާލަތު އޮންނާނެ: ޢިމްރާން
ޝައިޚް އިމްރާން މިހެން ވިދާޅުވީ، އަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓްގައެވެ.