Advertisement

މަކުނުވިދުރިން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު ބާއްވަމުންދާ ބައްދަލުވުން ތަކުގެ ތެރެއިން --

19 Aug 2024
ޚަބަރު

ރާއްޖެއަށް މަކުނު ވިދުރި އައުމުގެ ފުރުޞަތު އޮތް މިންވަރު ބަލަންފަށައިފި

މިހާރު ދުނިޔޭގެ ޤައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރެން ފަށާފައިވާ އެމްޕޮކްސް ނުވަތަ މަކުނު ވިދުރި ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު އޮތް މިންވަރެއް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާާޅުވީ، އެ އެބަލި ރާއްޖެއަށް އެތެެރެވުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށާއި، ރާއްޖޭގައި ބައލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި، ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި މަކުނު ވިދުރިއަށް ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމާއި، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.

މަކުނު ވިދުރިއަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި އާއްމު ސިއްޙަތަށް ހުރި ނުރައްކަލެއް ކަމުގައި ކަނޑައަޅައި، އާއްމުު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ޑަބްލިޔުއެޗްއޯއިން އިއުލާނުކުރީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. މަކުނު ވިދުރީގެ އާވޭރިއެންޓެއް މިހާރު އަންނަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.