Advertisement

މަންކީ ޕޮކްސް ޖެހިފައިވާ މީހެއް --

19 Aug 2024
ޚަބަރު

ފާއިތުވި 2 އަހަރުގެ ތެރޭގައި މަކުނު ވިދުރި ދުނިޔޭގެ 116 ޤައުމަކުން ވަނީ ފެނިފައި: އެޗްޕީއޭ

މަކުނު ވިދުރި ފެތުރުން ހަލުވިވެ، ޑަބްލިޔުއެޗްއޯއިން، ޢާއްމު ސިއްޙަތުގެ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައި ވާއިރު، 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދުނިޔޭގެ 116 ޤައުމަކުން އެބަލީގެ ވޭދަނަތައް ފެނިފައިވާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ފާއިތުވި 2 އަހަރުގެ ތެރޭގައި އެބަލި ލައްކައެއްހައި މީހުންނަށް ޖެހިފައިވާ ކަމަށެވެ. އަދި މިވަގުތު މިބަލި ހަލުވި ކަމާއި އެކު ފެތުރެމުންދަނީ، މިބަލި ފެނުނު މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގަޔާއި، މެދުތެރޭ އެފްރިކާގެ އެހެން ޤައުމުތަކުގައެވެ. ބައިނަލްއަޤުވާމީ އެހެން މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބަލީގެ ވޭދަަނަތައް މިހާރު ވަނީ މެދު އިރުމައްޗާއި ޔޫރަޕާއި، އޭޝިއާގެ ޤައުމުތަކުން ފެންނަން ފަށާފައެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރައްވާފައިވާ ގޮތުގައި، މިބަލީގެ އައު ސްޓްރެއިންއަކީ ހަލުވިކަމާއިއެކު ބަލި ފަތުރާ ވައިރަހެކެވެ. މިބަލި އެންމެ ފުރަަތަމަ ފެނުނު އިރު، ބަލި ފެތުރެނީ ޖިންސީ ގުޅުންތަކުގެ ސަބަބުން ކަމަށް ފާހަގަކުރެވިފައި އޮތް ނަމަވެސް އަލަށް ފެނުނު ސްޓްރެއިންނާއި އެކު، ޖިންސީގުޅުން ނޫން އެހެން ގޮތްގޮތުންވެސް މިބަލި ފެތުރެން ފަށާފައިވާކަން މިހާރު ވަނީ ހޯދިފައެވެ. 

 މަކުނު ވިދުރި ފެތުރޭ ގޮތްތައް:

- ބަލީގެ ވައިރަސް ހުރި މީހަކާއި އެކު ޖިންސީގުޅުން ހިންގުން

- ބަލި ޖެހިފައިވާ މީހާގެ ގައިގައި ނަގާ ފޮޅުން ނުކުންނަ ދިޔަ، އަދި ރަނގަޅުވަމުން އަންނައިރު ނެއްޓޭ ކުރަވަތީގެ ސަބަބުން

- ބަލިމީހާ ބޭނުން ކުރާ ހެދުން، ތުވާލި ބެޑްޝީޓް ފަދަ ތަކެތީގައި އަތްލުމާއި ބޭނުން ކުރުން

- ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ކުޅުތިކިތައް ރަނގަޅަށް ހުރި މީހާގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވާޞިލްވުން

- ބަލިޖެހިފައިވާ ޖަނަވާރުގެ ސަބަބުން.

ބަލީގެ އަލާމާތްތައް:

އެމް ޕޮކްސް ޖެހުމުން ފެންނަ ޢަލާމާތްތަކަކީ، ފާނަބަސަންދު ޖެހުމުންވެސް ފެންނަ ފަދަ ޢަލާމާތްތަކެކެވެ.

- ހުން އައުން

- ގައިގައި ރިއްސުން

- ވަރުބަލިވުން

- ހޮޑުލެވުން

- ކިހިލިފައްޗާއި އުކުޅުވަޅުގައި ގޮށްލުން

- ހަމުގައި ބޮޑެތިކޮށް ފެންފޮޅުތަކެއް ނަގައި ދޮސްލުން.

މަކުނު ވިދުރިއަކީ އެބައްޔަށް ފަރުވާކުރުމަށް، ޚާއްޞަ ބޭހެއް މިހާތަނަށް ހޯދިފައިވާ ބައްޔެއް ނޫންނަމަވެސް، ގިނަ ފަހަރަށް ހަށިގަނޑުގެ ދިފާޢީނިޒާމުން މިބައްޔާއި ދެކޮޅަށް މަސައްކަތްކޮށް، ބަލި އަމިއްލަ ޒާތުގައި ފަސޭހަވެއެވެ. 

މަކުނު ވިދުރިއަކީ، ރާާމާމަކުނުގެ ތެރޭގައި ފެތުރެމުން ދިޔަ ބައްޔެކެވެ. މިބަލީގެ ވައިރަސް ބަދަލުވެ އިންސާނުންގެ ގައި މިބަލި ފެންނަންފެށީ 1970ގެ އަހަރުތަކުގައެވެ. އެންމެ ފުރަތަމަ މިބަލީގެ މީހަކު ފެނުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އެޤައުމަކީ، ދުނިޔެއަށް ފެތުރިގެން ދިޔަ އޭޑްސްބަލި ޖައްސާ ވައިރަސް އެޗްއައިވީވެސް އެންމެ ފުރަތަަމަ ފެތުރެންފެށި ކަމަށް ބެލެވޭ ޤައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.