ޚަބަރު
25 Aug 2024
ޚަބަރު
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުން ވިޔަފާރި މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި ކާޑު ލިމިޓް 100 ޑޮލަރަށް ދަށްކޮށްފި
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެބަދަލުތަކަށް މިހިނދުން ފެށިގެން އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެބަދަލުތައް ގެނެސްފައި ވަނީ، ކާޑުން ކުރެވޭ ބޭރުގެ މުޢާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ބޭންކަން ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
25 Aug 2024
ޚަބަރު
ފައްޔާޒުގެ ރައްދު ސަޢީދަށް: ވިދާޅުވީ، ސަރުކާރުގައި ޤާބިލް ކަމެއް ނެތް ކަމަށް!
ފައްޔާޒު ވަނީ، ރާއްޖެ އިޤުތިޞާދީ އަމާން ބަނދަރަކަށް ގެންގޮސްދެއްވުން އެދޭ ކަމަށާއި، އެހެން ނަމަވެސް މިސަރުކާރުގައި އެފަދަ ތަޞައްވަރެއް އަދި ޤާބިލް ކަމެއްވެސް ނެތްކަން ފާހަގަކުރައްވާފައެެވެ.
25 Aug 2024
ޚަބަރު
ޕީއެސްއެމްގެ އައު އެމްޑީއަކަށް ސަޢީދު ހަމަޖައްސަވައިފި
ގ. ދިލްކަޝް، މުޙައްމަދު ސަޢީދު އެބޯޑަށް ޢައްޔަނުކުރައްވައި، މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ހަމަޖައްސަވާފައިވާކަން، ޕްރައިވަޓައިޒޭޝަން އެންް ކޯޕަރަޓައިޒޭޝަން ބޯޑުން ހޮނިހިރު ދުވަހުގެ ރޭގައި ވަނީ ހާމަކުރައްވާފައެވެ.
24 Aug 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް މާލޭގައި ސެލޫންތައް ހިންގަމުން ދިޔަ މީހަކު ޑީޕޯޓްކޯށްލައިފި
މޯލްޑިވްސް އިމިގްރޭޝަުން ވިދާޅުވީ، އޭނާ އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި ކަމަށެވެ.
24 Aug 2024
ޚަބަރު
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި
ޒީނާ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
24 Aug 2024
ދުނިޔެ
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑު ބޮސްވާނާ އިން ފެނިއްޖެ
ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޑައިމަންޑު އެފްރިކާގެ ގައުމެއް ކަމުގައިވާ ބޮސްވާނާ އިން ފެނިއްޖެއެވެ. އޭގެ ބަރުދަނުގައި 2،492 ކެރެޓު ހުންނަ ކަމަށް، މި ޑައިމަންޑު ހޯދި ކެނަޑާގެ މައިނިން ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޯދި މި ޑައިމަންޑު ފެނިފައިވަނީ ބޮސްވާނާގެ އިރުއުތުރުގައި އޮންނަ ކަރޯވޭ ޑައިމަންޑު މައިނުންނެވެ.
24 Aug 2024
ދުނިޔެ
އިންޑިއާ އާއި ބަނގުލަދޭޝްގައި ފެން ބޮޑުވެ ލައްކައެއްހާ މީހުން ތާށިވެއްޖެ
އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އިންޑިއާގެ އިރުއުތުރާއި އަވަށްޓެރި ބަންގްލަދޭޝްގެ އިރުމަތީ ސަރަހައްދުގައި ލައްކައެއްހާ މީހުން ތާށިވެއްޖެއެވެ. ބަނގުލަދޭޝްގެ ޑިސާސްޓަރ މެނޭޖުމެންޓް އެންޑް ރިލީފް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ އަސަރު އިރުމަތީ ބަންގްލަދޭޝްގެ ގާތްގަނޑަކަށް 4.5 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. އަދި މި ހާދިސާގައި ހުކުރު ދުވަހާ ހަމައަށް 13 މީހުން ވަނީ އެ ގައުމުން މަރުވެފައެވެ.
23 Aug 2024
ޚަބަރު
ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލުކުރުން ލަސްކުރާތީ މުޒާހަރާ ފަށައިފި
މިގޮތުން، ގޯއްޗާއި ފްލެޓް ލިބިފައިވާ މާލޭގެ ރަށްވެހިންވަނީ މިރޭ މާލޭ ލޮނު ޒިޔާރަތްކޮޅު ރާޅު ގަނޑު ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފައެވެ. އެފަރާތްތަކުން ގޮވާލާފައި ވަނީ، ގޯއްޗާއި ފްލެޓްތައް ދިނުން އަވަސްކުރުމަށެވެ. އަދި ނުހިއްކާ އޮތް ބިންތައް ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
23 Aug 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ކުރެއްވީ ކުރައްވަން ނުޖެހޭ ކަމެއް: ވަކީލު މައުރޫފް
މި ފަހަރު ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފައި މި އޮތީ ބޭކާރު ކަމެއް ކަމަށާއި، އެ ކަންކަން އޮންނަގޮތް ރަނގަޅަށް ރައީސަށް ދަންނަވައިދޭނެ މީހުން އަރިހުގައި ނެތީތޯ ނުވަތަ، ހުސް ވަގުތު ގިނަކަމުން މިކަހަލަ ބޭކާރު ކަންކަން ރައީސަށް ކުރެއްވެނީތޯވެސް މައުރޫފު ވަނީ ސުވާލު އުފައްދަވާފައެވެ.
23 Aug 2024
ޚަބަރު
މިހާތަނަށް ހިންގަމުން އައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުވާލެއްވުމަށްފަހު، ހަމަ އެނަމުގައި އައު އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އުފައްދަވާފައެވެ. މިއަދު އުފެއްދެވި އައު އިދާރާއަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2024)ގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުން، އުފެއްދެވި އިދާރާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިއިދާރާވެސް ހިނގަމުންދާނީ، އުވާލެއްވި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއެކޭ އެއްގޮތަށް، ހަމަ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.
23 Aug 2024
ޚަބަރު
އެޗްޑީސީގެ މިއިން ކިއޮސްކެއް ލިބެނީ، -/58500 ރުފިޔާއަށް!
އެޗްޑީސީން ބުނެފައި ވަނީ ގުރުއަތުން ހޮވުމާއި އެކު، ހަމަ ވަގުތުން އިކުއިޒިޝަން ފީގެ ގޮތުގައި -/5000ރ ދައްކަން ޖެހޭނެ ކަމަށާއި، ކިއޮސްކު ކުއްޔަށް ހިފުމަށް ފުރުޞަތު ލިބޭނެކަން އަންގައި ސިޓީ ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި، ލީސް ޑިޕޮޒިޓްގެ ގޮތުގައި -/10،500ރ ދައްކަން ޖެހޭނެ ކަމަށެވެ.
23 Aug 2024
ޚަބަރު
ހުޅުމާލެ ފޭސް 2އިން އަލަށް ދޫކުރި ގޯތިތަކުގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަންތަން ބަންދުކޮށްފި
ރޭ މިތަންތަން ބަންދުކޮށްފައި ވަނީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިންނެވެ. މިގޮތުން އިއްޔެ ވަނީ، އެޓާސްކް ފޯހުގައި މިނިސްޓްރީ އޮފް ހެލްތާއި އިކޮނޮމިކް މިނިސްޓްރީވެސް ހިމަނައި، މިހާރު ކުރިޔަށް ގެންދާ ބަލައިފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ޤަވާއިދާއި ޚިލާފުވާކަމަށް ފާހަގަކުރެވޭ ތަންތަން ވަގުތުން ބަންދުކުރަމުންނެވެ.
23 Aug 2024
ޚަބަރު
އިމާމުވެ ނަމާދު ކުރުމަށް ބޭނުންވާ ކުޑަކުދިންނަށް އުލިގަމު ކައުންސިލުން އެކަން ފަހިކޮށްދެނީ
ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމަށް ޝައުގުވެރިކަން ހުންނަ ކުޑަކުދިންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އުލިގަމު ކައުންސިލުން އުސޫލެއް ކަނޑައަޅައިފިއެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން، އެ ކަމުގެ މަގްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމާއި އެ ކުދިންނަކީ ދީނަށް ލޯބިކުރާ ކުދިންތަކެއް ކަމުގައި ހެދުމެވެ.
23 Aug 2024
ޚަބަރު
ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަށް ގައްދޫ ކައުންސިލުން އިލްތިމާސްކޮށްފި
ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންދާ ކަމަށް ފާހަގަކުރެވިގެން، އެކަމުގެ ސަބަބުން އެ ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމަށް ބެލެވޭތީ، އެކަން އެގޮތަށް ނުކުރުމަށް ގައްދޫ ކައުންސިލުން އެދިއްޖެއެވެ.
23 Aug 2024
ޚަބަރު
އިއްޔެ އިފްތިތާޙްކުރި "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓަށް ފައިސާ ހޯދީ ކުރީ ސަރުކާރުން
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ، 9.5 މިލިއަން ޑޮލަރުގެ މިތިން ގްރާންޓް ރާއްޖެއަށް ކާމިޔާބު ކުރެވުނީ، ހުސްވި އަހަރުގެ އޮގަސްޓް މަހުގައި ކަމަށެވެ. އަދި 15 އޮކްޓޯބަރ 2020ގައި މި ގްރާންޓްއަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގުމާއެކު ގިނަ ބައެއްގެ ބުރަ މަސައްކަތާއެކު ޕާރޓްނަރޝިޕް ކޮމްޕެކްޓްއާއި މަލްޓިޕްލަޔަރ ގްރާންޓް ތައްޔާރުކޮށް ހުށައެޅުނީ، ޖުލައި 2023ގައިކަން ވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
23 Aug 2024
ޚަބަރު
ފުޑް ސޭފްޓީ ބިލާއި ގުޅޭ ގޮތުން މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް ފަތުރަމުން ދަނީ އޮޅުވާލައިގެން: ފައްޔާޒު
ފައްޔާޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ޤާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް ލިބިދީފައިވާ އިދާރާތަކަށް އެކަން ކުރެވޭނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.