ޚަބަރު
ޚަބަރު
01 Sep 2024
ޚަބަރު
އަތުހަރުގެ ހާލަތު ވަރަށް ނާޒުކު، ފަރުވާދެނީ ވެންޓިލޭޓަރުގައި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޠުހަރު އޮތީ، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި ދޫނިދޫ ކަސްޓޯޑިއަލްގައި އޭނާ ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއި ގުޅިގެން، ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންނާއި، ހިއުރައިޓްސް ކޮމިޗަން އޮފް މޯލްޑިވްސްއިން އެކަން ބަލައި ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
01 Sep 2024
ޚަބަރު
އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި
އަޠުހަރު އަމިއްލައަށް މަރުވެއްޖެ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރު ފުލުހުންގެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އަދި އޭނާގެ ފުރާނަ އެބަހުރިކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާކަމަށެވެ.
01 Sep 2024
ޚަބަރު
ކުންފުނިތައް އެއްކޮށްލުމުން ހިންގުމުގެ ޚަރަދުތައް ކުޑަވެގެންދާނެ - މިނިސްޓަ ސަޢީދު
މިނިސްޓަރ ސަޢީދު ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ، އާއި ރީޖަނަލް އެއާޕޯޓްސް އެއްކޮށްލައި، އަދި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ބަދަލުކޮށް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ އެއްކޮށްލައި، އަދި އެގްރޯ ނެޓް މޯލްޑިވްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ބައެއްގެ ގޮތުގައި ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
01 Sep 2024
ޚަބަރު
ފަލަސްޠީނުގެ ހައްޤުތަކަށް ގޮވާލައި މުޒާހަރާކުރި ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި
އެދެމީހުންގެ ބަންދަށް އިތުރު 5 ދުވަސް ޖެހީ، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުންނެވެ. އޮގަސްޓް 28 ވަނަ ދުވަހު އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް ފުރަތަމަ އެމީހުންގެ ބަންދަށް ޖަހާފައި ވަނީ، 3 ދުވަހުގެ މުއްދަތެވެ.
01 Sep 2024
ޚަބަރު
ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި: ސީޕީ
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންނަކީ، އެމީހުންގެ ޒިންމާތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން އަނިޔާ ލިބުނުމީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރު ފެނިގެންދާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.
01 Sep 2024
ޚަބަރު
ފުލުހުންގެ ދުވަހުގެ މުނާޞަބާގައި ރައީސް ތަޙްނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ތަޙްނިޔާގެ މެސެޖުގައި، ވަނީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރައްވާފައެވެ.
01 Sep 2024
ޚަބަރު
ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްއިން ޚާއްޞަ ޙަރަކާތްތަކެއް!
އެމްއޭސީއެލްއިން ވިދާޅުވީ، އިއްޔެ ކުރިޔަށް ގެންދިޔަ، މިއިވެންޓްގެ މަޤުޞަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ޙިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކުރުން ކަމަށެވެ.
01 Sep 2024
ޚަބަރު
އިނަރ މޯލްޑިވްސްއާ އޭސް ޓްރެވަލް އަދި ގަތަރު އެއާވޭސްގެ ކާގޯ އޮފީހުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިނަރ މޯލްޑިވްސްއާ އޭސް ޓްރެވަލްސް އަދި ގަތަރ އެއާވޭސްގެ ކާގޯ އޮފީހުން ވައްކަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ރ. މީދޫ، ބުލްބުލާގޭ، އަޒްމީލް އަޙްމަދު (40އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
01 Sep 2024
ޚަބަރު
ސްޓެލްކޯގެ ނަމުގައި ފޯނު ކޯލްތައްކޮށް ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، އެފަދަ ސްކޭމެއް ހިންގަމުންދާކަން އެނގިފައި ވަނީ، ސްޓެލްކޯގެ ކަސްޓަމަރުންގެ ފަރާތުން ކަމަށެވެ. އަދި ސްކޭމް ހިންގަމުންދާ ފަރާތުން އަންނަނީ، ސްޓެލްކޯގެ ނަމުގައި ކަސްޓަމަރުންނަށް ދޮގު މައުލޫމާތުދީ އޮޅުވައިލާން މަސައްކަތް ކުރަމުން ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.
01 Sep 2024
ޚަބަރު
ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލަނީ
އެބަޔާނުގައި އެމަނިކުފާނު ވަނީ، މިދިޔަހަފްތާގައި ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީވެސް ވަރަށް މުހިއްމު ނިންމެވުމެއް ކަމުގައި ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު މަޝްވަރާކުރައްވާނެ ކަންކަމުގެ ތެރޭގައި، އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރެއްވުމާއި، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށެވެ.
31 Aug 2024
ޚަބަރު
ފިނޮޅަށް ދަތުރު ދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ޔަޤީނެއް ނުވޭ: އެމްއެންޑީއެފް
ގެއްލިގެން ހޯދަމުން އަންނަނީ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އެވެ. އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައި ވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
31 Aug 2024
ޚަބަރު
އަންހެނަކު ރަހީނު ކުރި މިހާގެ ޣައިރު ހާޟިރުގައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރުދީފި
އަޠުހަރަށް އަނިޔާވީ، އޭނާ ރަހީނުކޮށްފައި ހުރި އަންހެންމީހާ، އޭނާގެ އަތްދަށުން ސަލާމަތް ކުރުމަށް، ފުލުސް އޮފިސަރަކު ފުރަގަހުން ކައިރިވެ އޭނާގެ ބޮލުގައި މުގުރުން ޖެހުމުގެ ސަބަބުންނެވެ. އަދި އޭނާ ވެއްޓުމުން އާއްމުންވެސް އޭނާގެ ގަޔަށް އަަރައިގަތްތަން، ވީޑިއޯއިން ފެނެއެވެ.
31 Aug 2024
ދުނިޔެ
ބްރެޒިލްގައި "އެކްސް" ވަގުތުން ސަސްޕެންޑު ކުރުމަށް އަމުރުކޮށްފި
ބްރެޒިލްގެ ސްޕްރީމް ކޯޓަކުން، ސޯޝަލް މީޑިއާ ޕްލްޓްފޯމެއް ކަމުގައިވާ "އެކްސް"، އެ ގައުމުގައި ބޭނުން ނުކުރެވޭގޮތަށް ވަގުތުން ސަސްޕެންޑު ކުރުމަށް އަމުރުކޮށްފިއެވެ. ސްޕްރީމް ކޯޓުން މިގޮތަށް އަމުރުކުރީ، "އެކްސް"ގެ ގާނޫނީ ވަކީލަކު މި މައްސަލައިގައި އައްޔަނު ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުއެވެ.
30 Aug 2024
ޚަބަރު
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުކުލި ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤުކުރައްވައިފި
ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ބިން ބިމުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ރޭޓްތައް މުއްދަތަށް ބަލައިގެން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
30 Aug 2024
ޚަބަރު
ރައީސް އޮފީސް ހުންނަ މަގުގެ އިމާރާތްތަަކަކަށް ގެއްލުންދީ ވައްކަންކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ އެމަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
29 Aug 2024
ޚަބަރު
އެއާޕޯޓުގެ ފިއުލް ސަރވިސަސްގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީންތަކެއް ފަށައިފި
މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެއް، ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސަރވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއަރ މުވައްޒަފުން ކަމުގައިވެސް އެމް.އޭ.ސީ.އެލްއިން ވިދާޅުވެފައިވެއެވެ.