Advertisement

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދު --

02 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސިންގަޕޫރާއި ދުބާއީ އަދި މެލޭޝިއާ ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފަށަނީ

ސިންގަޕޫރާއި ދުބާއީ އަދި މެލޭޝިއާ ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ކުރިން ހިންގަމުން އައި ކޯޕަރޭޓް ރެސިޑެންސީ ޕްރޮގްރާމްތައް ފުޅާކޮށް، ހިންގުމަށް ނިންމައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، އެކަން ކުރާނީ، ރާއްޖެއިން ބޭރުގެ ތަޖުރިބާހުރި ފަރާތްތަކާއި ގުޅިގެން ކަމުގައިވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ދުބާއީ މެލޭޝިއާ ފަދަ ގޮތަކަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތައް ތަންކޮޅެއް ލާޖު ސްކޭލްގައި ހިންގާފައި ހުރި ގައުމުތަކުގެ މޮޑެލް ބޭނުންކޮށްގެން ރާއްޖެއަށް މި އިކޮނޮމީ ޑައިވާސިފިކޭޝަނަށް (ސިންދަފާތު ކުރުމަށް) އިންވެސްޓްމަންޓު ގެނެވޭނެ ގޮތެއް ހަދަން ވެގެން,"

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު --

ކުރީ ސަރުކާރުގައިވެސް އެފަދަ ޕްރޮގްރާމެއް ހިންގުމަށް ދެކެވުނު ވާހަކަތަކަށް މަޖިލީހުގެ ތެރެއިން މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ހުރަސް އެޅުއްވިއެވެ. މާވަށު ދާއިރާގެ މެމްބަރުކަމުގެ މަޤާމުގައި އޭރު ހުންނެވި، މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އޭރުގައި އެކަމާއި ދެކޮޅަށް މަޖިލީހުގެ ތެރޭގައި ވާހަކަތައް ދެކެވިގެން ދިޔައިރު އެކަން ކުރާނެ ގޮތުގެ ތަފްޞީލްތަކެއް ނެތް ކަމަށެވެ. 

އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމަކީ، ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރާއްޖެއިން ބިމާއި ގެދޮރުގަނެގެން ރާއްޖޭގައި ދިރިއުޅެވޭ ގޮތަށް ފަރުމާކުރާ ޕްރޮގްރާމެވެ. އެހެން ނަމަވެސް ސަރުކާރުން އެޕްރޮގްރާމް ހިންގާނޭ ގޮތުގެ ތަފްޞީލްތަކެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.