Advertisement

02 Sep 2024
ޚަބަރު

ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހާ ދޫވުމުގައި އިހުމާލުވެފައިވާނަމަ ފިޔަވަޅު އަޅާނަން: އިހްސާން

މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ހައްޔަރުކޮށް އޭނާގެ ތަހުގީގު ނުނިމެނީސް ހައި ކޯޓުން އޭނާ ދޫކޮށްލުމަށް ހުކުމް ކުރުމުގައި ތަހުގީގީ މަރުހަލާގެ އިހުމާލެއް ވާނަމަ އެކަން ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިކްރާމްގެ ފަރާތުން ހައި ކޯޓުގައި ހުށަހެޅި އިސްތިއުނާފާ ގުޅިގެން އޭނާ ދޫކޮށްލުމަށް އަމުރުކުރީ، ޝަރީއަތް ނިމެންދެން އޭނާ ހައްޔަރުގައި ބަހައްޓަން ނެރުނު އަމުރު ނެރެފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅައެވެ. އެއީ، އެ ހާދިސާގައި އިކްރާމް ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފެށި އިރު އޭނާގެ ވަކީލަށް އަންގާފައި ނުވާތީއެވެ.

މި މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓުތައް ކައިރިން ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ

އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފައެވެ.

ކޮމެންޓް
ސައްލޭ
ފިޔަވަޅެއް ނޭޅޭނެ.
02 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.