ޚަބަރު
29 Aug 2024
ޚަބަރު
މޫދަށް އެރޭ މީހުން ފެންވަރަށް އެޗްޑީސީ ބެހެއްޓި ފެންމާ ބައެއް މީހުން ސައިކަލު ދޮންނަ ތަނަކަށް ހަދައިފި
އޭނާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، އާއްމު ބޭނުމަށް ބަހައްޓާފައި ހުރި ފެންމާގަނޑުތަކުން ނަހަމަ ބޭނުން ހިފާތީއެވެ. އެ ފެންމާގަނޑުތަކަކީ އާއްމުކޮށް އެންމެންނަށް ހިލޭ ފެން ލިބޭ ގޮތަށް ބަހައްޓާފައި ހުރި ފެންމާގަނޑުތަކެކެވެ.
29 Aug 2024
ޚަބަރު
ރާއްޖެ ބަނގުރޫޓުވިޔަ ނުދިނުމަށް އިންޑިއާއާއެކު ކަރަންސީ ސްވޮޕްއެއް ހަދަނީ
އެމްއެމްއޭގެ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ރިޒާވުގައި ހުރީ ބޭނުން ކުރެވޭ 45 މިލިއަން ޑޮލަރުކަމަށެވެ. އަދި ހުސްވި 2023 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ.
29 Aug 2024
ޚަބަރު
ފިޗުން ރާއްޖޭގެ ރޭޓިންގ އަނެއްކާވެސް ދަށްކޮށްފި
ފިޗުން މިހާރު ވަނީ، ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކޮށްފިއެވެ. ފިޗުން ރާއްޖޭގެ ރޭޓިންގ ސީސީއަށް ދަށްކުރުމަކީ، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމެއް ކަމުގައި، އިޤުތިޞާދީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވާން ފަށާފައެވެ.
29 Aug 2024
ޚަބަރު
ލޭނުގެ މަސްވެރިކަމަށް ހުއްދަދޭން ނިންމި ނިންމުން އަނބުރާ ގެންގޮސްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
29 Aug 2024
ޚަބަރު
ސްޓެލްކޯގައި ކޯލް ސެންޓަރެއް ގާއިމްކޮށް 1545 ހޮޓްލައިން ތައާރަފްކޮށްފި
ސްޓެލްކޯއިން ރައްޔިތުންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން، އެ ކުންފުނީގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ފަސޭހައިން ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 1545 ހޮޓްލައިން ތައާރަފްކޮށްފިއެވެ.
28 Aug 2024
ޚަބަރު
ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅޭ ތަޙްޤީޤު ކުރިޔަށްދޭ: ފުލުހުން
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތަޙްޤީޤާއިއެކުގައި، އެމައްސަލަތަކުގައި، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށެވެ.
28 Aug 2024
ޚަބަރު
ޢީދު މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފި
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވައްކަންކޮށްފައިވާ ޢީދު މިސްކިތުން އަނެއްކާ ވެސް ވައްކަންކޮށްފިއެވެ. މި ފަހަރު އެ މިސްކތުން ވައްކަން ކުރީ މަރާމާތަށް ބަންދުކޮށްފައި ހުއްޓައެވެ.
27 Aug 2024
ޚަބަރު
ފިނިފެންމާ ލޯންޗު ހާދިސާއަކީ ޑްރާމާއެއް ކަމަށް ޢަބްދުއްރަހީމްވެސް ތުހުމަތު ކުރައްވައިފި
ސަންގުޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ޢަބުދުއްރަހީމް ވިދާޅުވީ، އަބްދުއްރަހީމް ވަނީ އެހާދިސާ އާއި ގުޅުވައިގެން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކާއި މެދުވެސް ސުވާލު އުފައްދަވާފައެވެ. ޢަބްދުއްރަހީމް ވިދާޅުވީ، ލޯންޗު ގޮއްވާލީމާ ރައީސް ޔާމީނަށް ބޭރަށް ނުކުމެވުނީމަ ބޮޑު ފާލަމާ ދިމާޔަށް ބަލާލިއިރު އެތަނުގައި ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުއްޓައި ފެނުނު ކަމަށާއި، ލޯންޗު ގޮއްވާލި މީހަކީ އެއީކަން ވަގުތުން އެނގުނު ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
27 Aug 2024
ޚަބަރު
ތިންހާހަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފި
އިމިގްރޭޝަނާއި ފުލުހުން އަދި ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކާއި އެކު މިހާރުވެސް އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެމީހުންނާއި މެދު ފިޔަވަޅު އަޅައި ރާއްޖެއިން ފޮނުވާލަމުންނެވެ.
27 Aug 2024
ޚަބަރު
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޮވުމަށް ޚާއްޞަ އާއްމު ޖަލްސާއެއް ބާއްވަން ނިންމައިފި
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެޖަލްސާއަކީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިންް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ ޑިރެކްޓަރުންގެ ބަދަލުގައި އައު ބޭފުޅުން ހޮވުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއެކެވެ. އެޖަލްސާގައި އޮންނާނީވެސް ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެމްބަރުންގެ މަޤާމުތަކަށް އައު މެމްބަރުން ޢައްޔަނުކުރުން ކަމުަގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
27 Aug 2024
ދުނިޔެ
ގާޒާގައި އ.ދ. އިން ދެމުން އައި ހުރިހާ އެހީއެއް ހުއްޓާލަން ޖެހިއްޖެ: އޮފިޝަލް
ގާޒާގައި އެކުވެރި ދައުލަތް (އ.ދ.) އިން ދެމުން އައި އެހީތައް ހުއްޓާލަން މަޖުބޫރުވެގެން، އެ ޖަމްއިއްޔާގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފާއިވާކަމަށް، އެ ޖަމްއިއްޔާގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. އ.ދ. ގެ އެހީތައް ގާޒާގައި ހުއްޓާލަން ޖެހުނީ، ދަޔާ އަލް-ބަލާހްގައި ތިބި މީހުން އެ ސިޓީއިން ފޭބުމަށް އިޒްރޭލުން އެންގުމާ ގުޅިގެންނެވެ.
27 Aug 2024
ދުނިޔެ
ފިތުނަ އުފެއްދުމަށް މަސައްކަތްކުރި ކަމުގެ ދައުވާ މުހްޔިއްދީންގެ މައްޗަށް އުފުލައިފި
މި ދައުވާއާ ގުޅިގެން މުހްޔިއްދީން ވަނީ އަންގާރަ ދުވަހުގެ ހެނދުނު، އެ ގައުމުގެ އިރުއުތުރުގެ ހިސާބެއް ކަމުގައިވާ ގުއާ މުސަންގުގެ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި މުހްޔިއްދީން ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަށް ދެކޮޅު ހަދާފައެވެ.
27 Aug 2024
ޚަބަރު
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.
27 Aug 2024
ޚަބަރު
އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ބީއެމްއެލްއިން މިއަދު އާއްމު ކުރި ކުރު ބަޔާނެއްގައި ވިދާޅުވީ، އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ. އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު، އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރެއްވިކަން އަންގައި ޕީބީސީން އޭނާއަށް ސިޓީއެއްވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެނިންމުމަކީ ޤާނޫނީ ގޮތުން ޕީބީސީއަށް ނިންމެން އޮތް ނިންމުމެއް ނޫނެވެ.
27 Aug 2024
ޚަބަރު
ރާއްޖެއިން 80000 ވުރެ ގިނަ ޑޮލަރު ވަގަށް ބޭރު ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަގުރްއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
26 Aug 2024
ޚަބަރު
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
މިއީ ރައީސުލްޖުމްހޫރިއްޔާގެ ނުރަސްމީ ދަތުރުފުޅަކަށްވާތީ އެދަތުރުފުޅާއި ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް މިރޭ ރައީސް ވަނީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ވާހަކަފުޅުވެސް ވިދާޅުވިއެވެ.