Advertisement

މާލެ ސަރަހައްދު ---

29 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފިޗުން ރާއްޖޭގެ ރޭޓިންގ އަނެއްކާވެސް ދަށްކޮށްފި

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން އަނެއްކާވެސް ދަށްކޮށްފިއެވެ. 

ފިޗުން މިހާރު ވަނީ، ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކޮށްފިއެވެ. ފިޗުން ރާއްޖޭގެ ރޭޓިންގ ސީސީއަށް ދަށްކުރުމަކީ، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމެއް ކަމުގައި، އިޤުތިޞާދީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވާން ފަށާފައެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިޔުމާއި، ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ބޭންކްތަކުން ފިޔަވަޅުތައް އަޅަން ޖެހުން ފާހަގަކޮށްފައިވެއެވެ.

ފިޗުގެ ރިޕޯޓާއި ގުޅިގެން އެމްއެމްއޭއިން ނެރުނު ބަޔާނުގައިވެސް، ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރީ އެންމެ 45 މިލިއަން ޑޮލަރު ކަމުގައި ވަނީ ބުނެފައެވެ. 

ފިޗުން ވަނީ، ރާއްޖެއަށް ބޭރިގެ ދަރަނި ނުދެއްކިދާނެ ކަމަށްވެސް ލަފާކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.