Advertisement

ފިނިފެންމާ ހާދިސާގެ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

27 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފިނިފެންމާ ލޯންޗު ހާދިސާއަކީ ޑްރާމާއެއް ކަމަށް ޢަބްދުއްރަހީމްވެސް ތުހުމަތު ކުރައްވައިފި

ރައީސް ޔާމީނުގެ ވެރިކަމުގައި 28 ސެޕްޓެމްބަރު 2015ގައި ހިނގި ފިިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވުމުގެ ހާދިސާއަކީ ރައްީސް ޔާމީނު ކުޅުއްވި ޑްރާމާއެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު، ޢަބްދުއްރަހީމަކީ، 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ދެމިއޮތް ރައީސްޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. ކުރިން ރައީސް ޔާމީނާއި ގާތްގުޅުމެއް އޮތް އަބްދުއްރަހީމާއި، ރައީސް ޔާމީން ހަތުރުންނަށް ވެފައި، ވަނީ، ރައީސް ޔާމީނުގެ ތާއީދާއިއެކުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް، ޑރ. މުހައްމަދު މުޢިއްޒު ވަޑައިގެންނެވި ފަހުންނެވެ. އަދި މިފަހުން ޢަބްދުއްރަހީމްވެސް ގެންދަވަނީ، ސިޔާސީ އެކި ޕޯޑިއަމްތަކާއި އިންޓަރވިއުތަކުގައި ރައީސް ޔާމީނަށް އެއްޗެހި ގޮވަމުންނެވެ.

ސަންގުޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ޢަބުދުއްރަހީމް ވިދާޅުވީ، އަބްދުއްރަހީމް ވަނީ އެހާދިސާ އާއި ގުޅުވައިގެން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކާއި މެދުވެސް ސުވާލު އުފައްދަވާފައެވެ. ޢަބްދުއްރަހީމް ވިދާޅުވީ، ލޯންޗު ގޮއްވާލީމާ ރައީސް ޔާމީނަށް ބޭރަށް ނުކުމެވުނީމަ ބޮޑު ފާލަމާ ދިމާޔަށް ބަލާލިއިރު އެތަނުގައި ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުއްޓައި ފެނުނު ކަމަށާއި، ލޯންޗު ގޮއްވާލި މީހަކީ އެއީކަން ވަގުތުން އެނގުނު ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

" ޔާމީން ވިދާޅުވީ ތިމަންނާއަށް އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ނުދޭތާ ހަ މަސް ދުވަސް ފަހުންނޭ ބޮން ގޮވީ. މިއަދު ހުސެއިން ވަހީދު އެންމެ އަރިހުގައިހުރީ، އެންމެ އިތުބާރު ކުރައްވަނީ. އެހެންވީމަ މިއަދު ހަމަ އެބަ ދަންނަވަންޖެހޭ، ސުވާލު އުފައްދަންޖެހޭ ފިނިފެންމާ ލޯންޗު ގޮއްވާލުން މިއީ އަނެއްކާ ޔާމީން އިސްވެ ހުންނަވައިގެން ކުޅުނު ޑްރާމާއެއް ނޫންބާވައޭ،"

ޢަބްދުއްރަހީމް - ރައްޔިތުންގެ މަޖިލީހުގެ ރައީސް

އޭރު އެކަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނުއުފެދޭތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، އޭރު އެކަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނުއުފެދޭ ކަަމަށާއި، އޭރު ތިބީ ރައީސް ޔާމީނު ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މައްޗަށް އިތުބާރުކޮށްގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ރައީސް ޔާމީނު ކަންތައް ކުރައްވާގޮތުންނާއި، ރައީސް ޔާމީނު އޭރު ދެއްކެވި ވާހަކަފުޅާއި، މިހާރުދައްކަވާ ވާހަކަފުޅުތައް ގުޅުވާލީމާ މިހާރު އެސުވާލުތައް އުފެދެން ޖާގަ ލިބޭ ކަމުގައި ޢަބްދުއްރަހީމް ވިދާޅުވިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި، އިބްރާހިމް މުޢާޛު ޢަލީވެސް ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުގައި، ފިނިފެންމާ ހާދިސާއަކީ ޑްރާމާއެއް ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

2015 ސެޕްޓެންބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި ހާދިސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާޠިމަތު އިބްރާހީމަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރައްވައި، ފަރުވާދެއްވާފައި ވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.