Advertisement

އެޗްޑީސީން ފޭސް 2 ގައި ހަދާފައިވާ ފެންމާ ތަކުގެ ދަށަށް ސައިކަލު ވައްދައިގެން ދޮންނަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

29 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މޫދަށް އެރޭ މީހުން ފެންވަރަށް އެޗްޑީސީ ބެހެއްޓި ފެންމާ ބައެއް މީހުން ސައިކަލު ދޮންނަ ތަނަކަށް ހަދައިފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގެ އިރުމަތީ ފަރާތަށް މޫދަށް އެރޭ މީހުން ފެންވަރައި ގައިން ލޮނު ފިލުވާލުމަށް އެޗްޑީސީން ބެހެއްޓި ޝަވަރުތައް ދޮށުގައި ސައިކަލު ދޮންނަ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ދާދި ފަހުން އެޗްޑީސީ ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ފާޚާނާ ބަރިއާ ޝަވަރުތައް ކައިރީގައި ދެ މީހަކު ސައިކަލު ދޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މީހަކު ވަނީ، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އޭނާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، އާއްމު ބޭނުމަށް ބަހައްޓާފައި ހުރި ފެންމާގަނޑުތަކުން ނަހަމަ ބޭނުން ހިފާތީއެވެ. އެ ފެންމާގަނޑުތަކަކީ އާއްމުކޮށް އެންމެންނަށް ހިލޭ ފެން ލިބޭ ގޮތަށް ބަހައްޓާފައި ހުރި ފެންމާގަނޑުތަކެކެވެ. 

ހުޅުމާލެ ފޭސް 1 ގެ ފަތާ ޓްރަކް ސަރަހައްދުގައިވެސް އެޗްޑީސީން އެފަދަ ފެންމާގަނޑުތައް ބަހައްޓާފައި ވާއިރު، އެތަންތަނުގައި ބޭނުންކުރާ ފެނަށް ބިލްދައްކާނީ އެޗްޑީސީންނެވެ. އެހެންވެ އާއްމުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، ހިލޭ ދޫކޮށްފައިވާ ފެނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީއާއި، ސައިކަލު ފަދަ އެއްގަމު އުޅަނދުތައް ދޮވެދިނުމަކީ، އަގު ނަގައިގެން ގަރާޖުތަކުންވެސް ދެމުން އަންނަ ޚިދުމަތަކަށް ވާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.