ޚަބަރު
ޚަބަރު
08 Sep 2024
ޚަބަރު
ބުދަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި އެ އެކްސިޑެންޓް ހިނގީ އެޒުވާނާ ދުއްވި ސައިކަލާއި ކާރެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ނިޔާވެފައި ވަނީ، ގދ. ގައްދޫ ޖުޕިޓަރ، މުޙައްމަދު ލީވާން ޢަބްދުއްލަޠީފް (21އ)އެވެ.
07 Sep 2024
ޚަބަރު
މިއަދާއި މިރޭވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައިފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ހެދުނު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޖީއެން ސައިކަލާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު ހެނދުނު 6:50 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުންނަ މިސްކިތް ކައިރީގައެވެ. މިހާދިސާގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
07 Sep 2024
ޚަބަރު
ޤައުމީ އެޖެންޑާގެ އަމާޒަކީ، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން މުޖުތަމަޢު ސަލާމަތްކުރުން: ނައިބު ރައީސް
މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައި ލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކޮށް، ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދިނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
07 Sep 2024
ޚަބަރު
ޓޯވްކޮށްފައިވާ ގިނަ އުޅަނދުތަކެއް ނައްތާލައިފި
ފުލުުހުންގެ އިދާރާއިންނާއި ހޯމް މިނިސްޓަރުވެސް ވިދާޅުވީ، ފުލުހުން ޓޯވ ކުރާ އުޅަނދުތައް ނައްތާލަމުން ގެންދަނީ އެކަަމަށް ކަނޑައަޅާގައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާތަނަށް 499 އުޅަނދު ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 2 ފުރޮޅުލީ، 247 އުޅަނދާއި، 4 ފުރޮޅުލީ 29 އުޅަނދާއި، އެމްބިއުލާންސްއެއްގެ އިތުރުން، 223 ބައިސިކަލް ކަަމަށެވެ.
06 Sep 2024
ޚަބަރު
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިނިންމުންތައް ނިންމެވީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަު ނިޔާވުމާއި ގުޅިގެންނެވެ.
06 Sep 2024
ޚަބަރު
ރޭސިންގ އާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަތައް ބާޠިލްކޮށްފި
2023 އޮކްޓޯބަރ 19 ގައި ދީފައިވާ މިހުއްދަތައް ބާޠިލުކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ރޭސް ޖެހުމަށް ހުއްދަކޮށް ސަރަހައްދުތައް މީގެ ކުރިން ކަނޑައަޅާފައި ވީ ނަމަވެސް އެފަދަ ހުރިހާ ހުއްދައެއް ބާޠިލް ކުރުމަށް ރައީސުލްމްހޫރިއްޔާ މިއަދު ވަނީ އަންގަވާފައެވެ.
06 Sep 2024
ޚަބަރު
ސަމާޙް މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވި ރޭސް ކާރު ދުއްވި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ސަމާޙް މަރުވާން ދިމާވީ، އެކްސިޑެންޓްގައި ވިއްސައިގެން ގޮސް އޭނާ ބޯ ޕޭވްމެންޓް އަރިމަތިން ކޮންކްރީޓް ގަނޑުގައި ޖެހިގެން ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ. ސަމާހުގެ ބޮލުގެ ކަނާތް ފަރާތުން ކަނާތު ލޮލާއި ނިއްކުރިއާ ދިމާއިން ވަރަށް ބޮޑަށް ޒަޚަމްވިއެވެ.
06 Sep 2024
ޚަބަރު
ސަމާޙްގެ ޖަނާޒާ ބާއްވައި ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފި
ސަމާޙްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިރޭގެ މަޣުރިބު ނަމާދަށްފަހުގައި މަސްޖިދުއް ޒައިދުބިން ޘާބިތުގައެވެ. ކަށުނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
06 Sep 2024
ޚަބަރު
ސަމާހް މަރުވި އެކްސިޑެންޓް ހިނގި ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި
ރޭ ދަންވަރު 2:48 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ، ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ޞިދުޤީ (26އ) ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދިއޭނާ މިހާރު ހުރީ ހައްޔަރުކޮށްފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އޭނާއަކީ ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
06 Sep 2024
ޚަބަރު
އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ ޖަނާޒާ މިރޭގެ މަޣުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި
ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވީ، ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ)އެވެ. އާއިލާ އިން ހާމަކޮށްފައިވާ ގޮތުގައި، ސަމާޙްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިއަދުގެ މަޣުބު ނަމާދަށް ފަހު، މަސްޖިދުއް ޒައިދުބިން ޘާބިތު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާނީ ހުޅުމާލެ ސަހަރާގައެވެ.
06 Sep 2024
ޚަބަރު
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަރުވެއްޖެ
މިއެކްސިޑެންޓްގައި މަރުވެފައި ވަނީ، ޙަސަން ޞަލާހް (23އ)އެވެ. އޭނާ ނިޔާވީ އޭނާ އާއި އިތުރު މީހަކު ސައިކަލުގައި ސެންޓްރަލް ޕާކު މަގުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ސައިކަލުގެ ފަހަތުން އައިސް ޖެއްސުމުގެ ސަބަބުންނެވެ.
05 Sep 2024
ޚަބަރު
އާސަހަރާ މިސްކިތް މާދަމާ ހުކުރު ނަމާދަށް އަލުން ހުޅުވަނީ!
މާލޭ ސިޓީ ކައުންސިިލުން ވިދާޅުވީ، 2024 ސެޕްޓެމްބަރު މަހުގެ 5ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް، އާސަހަރާ މިސްކިތް ހުޅުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
05 Sep 2024
ޚަބަރު
ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
05 Sep 2024
ޚަބަރު
އަޠުހަރުގެ ހަށިގަނޑު އޮޓޮޕްސީހަދަން އިންޑިއާއަށް ފޮނުވައިފި
ފުލުހުން އަތުހަރު ހައްޔަރުކުރީ، އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ހިފަހައްޓައި ރަހީނުކޮށްގެން އުޅެނިކޮށް، އޭނާގެ އަތްދަށުން އެއަންހެންމީހާ ސަލާމަތްކުރުމަށްފަހުގައެވެ. އޭނާގެ އަތްދަށުން އަންހެންމީހާ ސަލާމަތްކުރުމަށް، ފުލުހުންގެ މުގުރަކުން ފުލުހަކު އަޠުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުން، އަޠުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.
05 Sep 2024
ޚަބަރު
ފާޚާނާ ފެންލައިޓުން ގެއަކަށް ވަދެ ވަޅިން ބިރު ދައްކައިގެން ފޭރުނު ދެމީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހަވީރު ހނގި މިފޭރުމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މ. ދާރުލްޤަރާރު، އިސްމާޢީލް ވިޝާލް (30އ) އާއި ބ. ދަރަވަންދޫ ވިދުވަރު، ޙުސައިން ޝާއިފް (32އ)އެވެ.
05 Sep 2024
ޚަބަރު
ޝަރުޢީ ދާއިރާގެ އިދާރީހިންގުމުގެ އިސްވެރިޔާ މަޤާމުން އިސްތިއުފާ ދެއްވައިފި
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދައުރު ފުރިހަަމަ ނުކުރައްވައި ރިޒްނާ އެމަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނުފޫޒުތަކުގެ ސަބަބުންނެވެ. އެކޮމިޝަނުގައި މިހާރު އޮތީ، ސަރުކާރުގެ ނުފޫޒުކަމަށް ވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެއްވޭނެ މާހައުލެއް ނެތް ކަމަށް އިސްތިއުފާގެ ސިޓީގައި ރިޒްނާ ލިޔުއްވާފައިވާކަމުގައި "އަދަދު" އިން ރިޕޯޓްކޮށްފައިވެއެވެ.