Advertisement

އެކްސިޑެންޓް ހިނގިތަން -- ފޮޓޯ: ޑރ. މައުރޫފް ފޭސްބުޕް ޕޭޖް

06 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަރުވެއްޖެ

ހުޅުމާލެ ސެންޓްރަލް ޕާކުގެ ދެކުނުން، އުރީދޫ ހެޑް އޮފިސް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޒުވާން އޮފިސަރަކު މަރުވެއްޖެއެވެ.

މިއެކްސިޑެންޓްގައި މަރުވެފައި ވަނީ، ޙަސަން ސަމާހް (23އ)އެވެ. އޭނާ ނިޔާވީ އޭނާ އާއި އިތުރު މީހަކު ސައިކަލުގައި ސެންޓްރަލް ޕާކު މަގުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ސައިކަލުގެ ފަހަތުން އައިސް ޖެއްސުމުގެ ސަބަބުންނެވެ.

ރޭ ދަންވަރު 2:48 ހާއިރުގައި ހިނގި މިއެކްސިޑެންޓްގައި އަނިޔާވި ޒުވާާނާ ނިޔާވީ، ހުޅުމާލެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ކާރު ދުއްވަން އިން ޒުވާނާއަތުގައި ލައިސަންސެއް ނެތެވެ. އެކާރު ދުއްވާފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
ސަފީރު
ފިރިހެނާގެ ނަމެއްނޭނގޭގަ؟ ސްޕޯޓު ކާރު ދުއްވާ މީހުންނަށް ޚާއްސަ އިމްތިޔާޒު ތަކެއް ދެނީތާ؟ ދަންވަރު ވިޔަސް ފުލުހުންނަށް ހަމަ ނުފެންނަނީތޯއްޗެއް ސްޕޯޓު ކާރުވީމަ
06 Sep 2024
އިބުރާހިމް
ފުލުހުންގެ މުއައްސަސާވަނީ ފެއިލްވެފަ
06 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.