Advertisement

މަރުކަޒީ ބޭންކް އެމްއެމްއޭ --

08 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް މިދިޔަ މަހަށްވުރެ 15 މިލިޔަން ޑޮލަރު އިތުރުވެއްޖެ

ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުސްވި އޮގަސްޓް މަސް ނިމުނު އިރު ހުރީ، 61 މިލިއަން ޑޮލަރު ކަމުގައި މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

އެމްއެމްއޭއިން މިއަދު އާއްމު ކުރި، ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ރިޒާވްގައި، 395 މިލިއަންޑޮލަރު ހުރި އިރު، ބޭނުން ކުރެވޭ ރިޒާވް ވަނީ 61 މިލިޔަނަށް އަރާފައެވެ. އެއީ މިދިޔަ މަހާއި އަޅާ ބަލާއިރު 15 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ޖުލައި މަސް ނިމުނު އިރު، ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް 45 މިލިއަން ޑޮލަރަށް ވެއްޓުނެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ޑޮލަރުގެ ރިޒާވް މުޅިން ހުސްވި ކަމުގައިވެސް ޚަބަރުތައް ފެތުރުނެވެ. އަދި ނިމުނު އޮގަސްޓް މަހަކީ، ރާއްޖޭގެ މާލީ ހިސާބުތައް ބަލަހައްޓަންފެށި ފަހުން، މިފަހުގެ ތާރީޚުގައި ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ.

ދައުލަތުގެ ރިޒާވް އިތުރުވީ، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުން ކަމުގައި ފިނޭންސް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ސަރުކާރުން، ޑޮލަރުގެ ނަގުދު ފައިސާވެސް މިދިޔަމަހު ވަނީ ގެނެސްފައި ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.