Advertisement

އެކްސިޑެންޓްވި ކާރު ދުއްވި މީހާ --

06 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަމާޙް މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވި ރޭސް ކާރު ދުއްވި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

 ސަމާޙް ނިޔާވި، އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވި،  ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ޞިދުޤީ (26އ) ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން، މުޙައްމަދު ވިސާމް ޞިދުޤީއަކީ، ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އޭނާ ރޭ ހައްޔަރުކޮށް މިއަދު އޭނާގެ ބަންދާއ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ) ނިޔާވީ، ރޭ 2:48 ހާއިރު، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ މަގުން އެހެން މީހަކާއި އެކު ދުއްވާފައި ދަނިކޮށް، މުޙައްމަދު ވިސާމް ޞިދުޤީ ދުއްވި ރޭސް ކާރު، ފަހަތުން އައިސް ސަމާޙްގެ ސައިކަލުގައި ޖެހިގެންނެެވެ. އެހާދިސާގައި ސަމާޙްގެ ފަހަތުގައި ސައިކަލުގައި އިންމީހާއަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވިއެވެ. އެހެން ނަމަވެސް ސަމާޙް މަރުވާން ދިމާވީ، އެކްސިޑެންޓްގައި ވިއްސައިގެން ގޮސް އޭނާ ބޯ ޕޭވްމެންޓް އަރިމަތިން ކޮންކްރީޓް ގަނޑުގައި ޖެހިގެން ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ. ސަމާހުގެ ބޮލުގެ ކަނާތް ފަރާތުން ކަނާތު ލޮލާއި ނިއްކުރިއާ ދިމާއިން ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

ހާދިސާ އާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ސަމާޙް ގެންދެވުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ނިޔާވެފައެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.