Advertisement

ފުލުހުން ޓޯވކޮށްފައިވާ އުޅަނދުތައް ނައްތާލުން ---

07 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޓޯވްކޮށްފައިވާ ގިނަ އުޅަނދުތަކެއް ނައްތާލައިފި

ޓްރެފިކް މައްސަލަތަކާއި ގުޅިގެން ޓޯވްކޮށްފައިވާ ގިނަ އަދަދެެއްގެ އުޅަނދު ނައްތާލައިފިއެވެ.

ފުލުހުންގެ އިދާރާއިން މިކަން ހާމަކުރީ، ފުލުހުންގެ ޓޯޔާޑުގެ ތެރޭގައި، ޕިކަޕަކުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވެ އާއްމުންގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވުމާއި ގުޅިގެންނެވެ.

ފުލުުހުންގެ އިދާރާއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެވީޑިއޯގައި ފެންނަނީ، މާލޭ މޭރީ ބްރައުން ކައިރީގައި އޮންނަ ހުންނަ ފުލުހުންގެ ޓޯޔާޑުގެ ތެރޭގައި އުޅަނދުތަކެއް ނައްތާލާ މަންޒަރުކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދައުރުވަމުންދާ ވީޑިއޯއަކީ، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ވީޑިއޯއެއް ކަމަށެވެ.

ފުލުުހުންގެ އިދާރާއިންނާއި ހޯމް މިނިސްޓަރުވެސް ވިދާޅުވީ، ފުލުހުން ޓޯވ ކުރާ އުޅަނދުތައް ނައްތާލަމުން ގެންދަނީ އެކަަމަށް ކަނޑައަޅާގައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާތަނަށް 499 އުޅަނދު ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 2 ފުރޮޅުލީ، 247 އުޅަނދާއި، 4 ފުރޮޅުލީ 29 އުޅަނދާއި، އެމްބިއުލާންސްއެއްގެ އިތުރުން، 223 ބައިސިކަލް ކަަމަށެވެ.

މިގެ ކުރިން ފުލުހުން ޓޯވކޮށް ނައްތާލާ އުޅަނދުތަކުގެ މައުލޫމާތު އެ އުޅަނދުތައް ނައްތާލުމުގެ ކުރިން ގެޒެޓްކޮށް އާއްމުކޮށް އިއުލާނު ކުރިނަމަވެސް މިފަހުން ފުލުހުން އެގޮތަށް އަމަލު ނުކުރާތީ، އެކަމުގެ ކަންބޮޑުވުންތައް އާއްމުން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.