ޚަބަރު
10 Sep 2024
ޚަބަރު
ސަސްޕެންޝަނަށް 9 މަސް ފަހުން މަލްޝާ އާއި ޝިއުނާ މަޤާމުން އިސްތިއުފާދީފި
އެދެމީހުން މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވީނަމަވެސް 9 މަސް ދުވަސް ފަހުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. މަލްޝާ އާއި ޝިއުނާ މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ.
10 Sep 2024
ޚަބަރު
ސަބްސިޑީއަށް ގެންނަ ބަދަލުތައް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ!
ރާއްޖޭގައި މިހާރު ސަބްސިޑީ ދެވެމުން އަންނަ އުސޫލުތަކަކީ، އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑު ކަމެއް ކަމުގައިވާތީ، ސަބްސިޑީދޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަނީ ސަބްސިޑީދޭ އުސޫލުތައް ހަރުދަނާ ކުރުމަށް ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
10 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެދަތުރުފުޅު ކުރައްވާނޭ ތާރީޚެއް ކަނޑައެޅުއްވުމާއި ގުޅޭ ގޮތުން ދެޤައުމުގެ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ.
10 Sep 2024
ޚަބަރު
މަރުގެ މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންގެ ޚާއްޞާ ޓީމެއް ހޮޅުދޫއަށް!
ހޮޅޫދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމަށް އެރަށަށް ފުލުހުންގެ ޚާއްޞަ ޓީމެއް ފުރައިފިއެވެ.
10 Sep 2024
ޚަބަރު
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު ޒަޚަމްވެފައި އޮތް ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުުހުން އެގެއަށް ގޮސް އެއަަންހެންމީހާ އެރަށު ސިއްޙީމަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެމަރުކަޒުން އެމީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
10 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ
އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަަދަދު 57 އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.
10 Sep 2024
ދުނިޔެ
އަލް-މަވާސީއަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު ޝަހީދުވެއްޖެ
ގައްޒާގެ ދެކުނުގެ އަވަށެއް ކަމުގައިވާ ޚާން ޔޫނިސްގެ އަލް-މަވާސީގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޓެންޓު ތަކުގައި ވަގުތީ ހިޔާވަހިކަމުގައި އުޅެމުން ދަނިކޮށް، އެތަނަށް ބޮން އަޅައި 40 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. ރޭގެ ފަތިހު ދިން މި ހަމަލާގައި 60 އެއްހާ މީހުނަށް އެކިވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.
10 Sep 2024
ދުނިޔެ
ހަސީނާ ބަނގުލަދޭޝްއަށް ގެނައުމުގެ މަސައްކަތް އެ ގައުމުން ފަށައިފި
ބަނގުލަދޭޝްގައި ކުރިޔަށް ދިޔަ ބޮޑު މުޒާހަރާތަކާ ގުޅިގެން ގައުމު ދޫކޮށް ފިއްލެވި ބަނގުލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ޝެއިހް ހާސީނާ އަނބުރާ އެގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް، ބަނގުލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރިބިއުނަލް (އައިސީޓީ) އިން ހާމަކޮށްފިއެވެ.
09 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އާއްމު ޓްރެފިކަށް ބަންދުކޮށްފި
ސޯސަން މަގު ދެކުނަށް ގޮސް ނިމޭކޮޅު، ބޮޑު ރަސްގެފާނު މަގާއި ގުޅުނު ހިސާބުން ދެކުނަށް ބަންދުކޮށްފައި ވާއިރު، ދޫހިމެރިމަގު، ކޮއިމަލާ ހިނގުމާއި ގުޅުނު ހިސާބުން އިރަށް، ކާސިންޖީ މަގާއި، ކަލާފާނު ހިނގުން ގުޅޭ ޖަންކްޝަނާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.
09 Sep 2024
ޚަބަރު
މިއަދު އަލިފާނުގެ ހާދިސާާ ހިނގި ގޭގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
09 Sep 2024
ޚަބަރު
ޖޯޖިއާ ސަފީރު އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޖޯޖިއާގެ އައު ސަފީރާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ‌‏ފަތުރުވެރިކަމުގެ ދާއިރާއިންނާއި ދެ ޤައުމުގެ އާންމު ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.
09 Sep 2024
ޚަބަރު
ހދ. ހިރިމަރަދޫ ރައްޔިތުން ބޭނުން ވަނީ، ތުލުސްދޫއަށް ހިޖުރަކުރަން!
މިއަދު އެކައުންސިލްގެ މެމްބަރު ވަނީ، މާލޭގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ބައްދަލު ކުރައްވާފައެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ހދ. ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި އެ ރަށު މީހުން، ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން މި ވަގުތު ދިމާވެފައިވާ ނެރުތިލަވުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް ކައުންސިލުން ވަނީ މިނިސްޓަރަށް ދަންނަވާފައެވެ.
09 Sep 2024
ޚަބަރު
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި 37 މީހުން ހާލުގައި ޖެހިފައިވޭ: އެންޑީއެމްއޭ
އެ އޮތޯރިޓީން ވިދާޅުވީ، ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ، 22 ދިވެހިންނާއި 15 ބިދޭސީންނެވެ. އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން މިވަގުތު ދަނީ ކުރަމުންކަމުގައި އެންޑީއެމްއޭއިން ވަނީ ހާމަކުރައްވާފައެވެ.
09 Sep 2024
ޚަބަރު
އިންޑިއާއިން މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެކަން އިންޑިއާ ސަރުކާރުން ހާމަކޮށްފި
އިންޑިއާގެ އިންފޮމޭޝަން ބިއުރޯއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަންކީ ޕޮކްސްއަށް ޝައްކު ކުރެވިގެން އެކަހެރިކުރެވުނު މީހާއަށް ޖެހިފައި ވަނީ އެބަލިކަން ކަށަވަރުކުރެވިފައި ވުމާއިއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އަދި އެބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް އިންޑިއާއިން ފެނުނު ނަމަވެސް އެކަމުގައި އާއްމު ސިއްޙަތަށް ނުރައްކާ ހާލަތެއް އަދި ނެތްކަމުގައިވެސް ވަނީ ބުނެފައެވެ.
09 Sep 2024
ޚަބަރު
ހޮސްޕިޓަލް ބިލްތައް ނުދެއްކިގެން ބައްޕަ އޭނާގެ ދަރިފުޅު ވިއްކާލައިފި
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާޝް ޕަޓޭލް ނަމަކަށް ކިޔާ ފިރިހެނަކު އޭނާގެ 3 އަހަރުގެ ދަރިފުޅު ވިއްކާލީ، ހޮސްޕިޓަލުގެ ބިލްތައް ނުދައްކަނީ، އަނބިމީހާ އާއި އޭނާ ވިހޭ ދަރިފުޅު ދޫކޮށް ނުލާނެކަމަށް ހޮސްޕިޓަލުން އެންގުމާއި ގުޅިގެންނެވެ.
09 Sep 2024
ޚަބަރު
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙް ރައްޔިތުންނަށް އޮތް މުހިއްމު ބާރެއް ގެއްލިއްޖެ
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި އިއްޔެ ގެޒެޓު ކުރައްވާފައި ވާއިރު، މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ޤައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްޤީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ޤާނޫނު ވަނީ އިޞްލާޙުކޮށްފައެވެ.