Advertisement

އަލިފާނުގެ ހާދިސާ ހިނގި ހ. ދޫހިމެރިގެ --

10 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަލިފާނުގެ ހާދިސާ ހިނގިގެ ސަރުކާރުން ތަޅައިލަނީ!

އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ.ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ޕަބްލިކް ވާރކްސް އިން ފަށައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމެންޓްގެ މުވައްޒަފުން، އަލިފާން ރޯވިގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ހ. ދޫހިމެރިގެއަކީ، ޑެކް އަޅައިގެން ފިލަޔާއި ލަކުޑިއާ ޓިނު ބޭނުންކޮށްގެން ތިންބުރިއަށް ހަދާފައިވާ ގެއެކެވެ. އިއްޔެ މެންދުރުފަހު 14:48 ހާއިރު އެގޭގަިއ ރޯވި އަލިފާން ނިވާލެވުނީ، އެގޭގެ ބައެއް ބައިތައް މުޅިން އަނދައިގެން ދިޔަ ފަހުންނެވެ. އަދި އަލިފާނުގެ އެ ހާދިސާގައި ޖެހިގެން ހުރި އިމާރާތަށްވެސް ގެއްލުންތައް ލިބުނެވެ. އަދި ރޭވެސް އެގޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެންޑިއެމްއޭއިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަލިފާނުގެ މިހާދިސާ އާއި ގުޅިގެން 57 މީހުން ހާލުގައި ޖެހުނު ކަމުގައި އެންޑީއެމްއޭއިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.