ޚަބަރު
09 Sep 2024
ޚަބަރު
މާލޭ ކެފޭ އެއްގައި އަލިފާން ރޯވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ކެފޭގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުމާއި އެކު ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމްއެންޑީއެފުންވެސް ވަނީ އަލިފާން ނިވާލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.
09 Sep 2024
ޚަބަރު
ޕީޖީއަށް ރުހުންދިނުމުގެ މަސައްކަތް ކުރުމަށް ބުދަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވޭނީ، މަދުވެގެން މަޖިލީހުގެ ޖުމުލަ އަދަދުގެ 3/1 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހުގެ ރައީސަށް ހުށައެޅުމުންނެވެ.
09 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި އެކު ފުލުހުން މަގުތަކުގައި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
09 Sep 2024
ހުޅުމާލެ ޕޮލިސް
ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމުގެ ހައްޔަރު ކުރި މީހާގެ ޖީބުން ފެނުނީ މަސްތުވާތަކެތި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމާއި ގުޅިގެން ހައްޔަރު ކުރި، ހ. ހެމަވަތި، ޒައިދާން މުޙައްމަދު ޒާހިރު (24އ) ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕަކެޓެއް ފެނިފައިވާ ކަމަށެވެ.
09 Sep 2024
ޚަބަރު
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ހުށައަޅުއްވައިފި
ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނުގައި ބުނެފައި ވަނީ، ސްޓްމަކް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އަދި ކާލް ބޭންކުގެ ސީއީއޯގެ މަޤާމުގެ އިސްތިއުފާ ދެއްވި އިރު އޭނާއަށް އެމަޤާމުގައި ހުންނެވޭނީ، މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ، އެކުންފުނީގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންއާ ހަމައަށް ކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
09 Sep 2024
ޚަބަރު
ބަރަހަނާ ފޮޓޯއާ އާއި ވީޑިއޯތައް ޝެއާކުރި ޓެލެގްރާމް ޗެނަލްތަކަށް 34000 ވުރެ ގިނަ މީހުން ވަދެ ތިބި: ފުލުހުން
މި ޓެލެގްރާމް ޗެނަލްތައް ހިންގުމުގެ ތުހުމަތުގައި ފުލުހުން ވަނީ، 3 މީހުން ހައްޔަރުކޮށްފައެވެ. އަދި އެ ތަކެތި ބޭނުންކޮށްގެން އެމީހުން 2 މިލިޔަނެއްހާ ރުފޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
09 Sep 2024
ޚަބަރު
މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި ޒަޚަމްތަކާއި އެކު އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޒަޚަމްވެފައި އޮއްވައި ފެނުނު މީހާއަކީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފެނިފައި ވަނީ މާފަންނުގައި ހުންނަ ގެސްޓް ހައުސެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށާއި މިހާރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
09 Sep 2024
ޚަބަރު
ހައްޔަރުކުރި ތިން މީހުން ވަނީ، ދިވެހި އަންހެނުންގެ 2 ލައްކައަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ އާއި ލައްކައެއްހާ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައި!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަތަކުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން، ޒުބައިރު ޢަލީ އާއި ނާޞިފް ޢަލީ ހައްޔަރުކޮށްފައި ވަނީ، އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ. އަދި އިސްމާޢީލް ރަބީޙް ހައްޔަރުކޮށްފައި ވަނީ، އޮގަސްޓް 20 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
09 Sep 2024
ޚަބަރު
ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން އެކަން ފުލުހުންނާއި ޙިއްޞާކުރުމަށް އެދިއްޖެ
ޓެލެގްރާމް ޗެނަލްތައް ހަދައިގެން، އެ ޗެނަލްތަކުގައި، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އާއްމުކޮށް އެއިން މާލީ މަންފާ ހޯދަމުން ދިޔަ ބައެއްގެ މައުލޫމާތު މިއަދު ފުލުހުން ވަނީ އާއްމުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ވަނީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ހުއްޓުވާފައިވާ ކަން ހާމަކޮށްފައެވެ.
09 Sep 2024
ޚަބަރު
ބަރަހަނާ ފޮޓޯއާއި ވީޑީއޯ ޝެއާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި 3 މީހުން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ) ކަމަށެވެ.
09 Sep 2024
ޚަބަރު
ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމުން ހިންނާ ޚާލިދު އިސްތިއުފާ ދެއްވިކަން، އެމިނިސްޓްރީން ވަނީ ޔަޤީންކޮށްދީފައެވެ.
09 Sep 2024
ޚަބަރު
ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކު ހޯދައި ފިޔަވަޅުއަޅައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާކަމަށެވެ. މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
08 Sep 2024
ޚަބަރު
ޖޭއެސްސީއަށް ފަރުހާދު އައްޔަނުކުރައްވައި ލިޔުން ހަވާލުކޮށްދެއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ފަރުހާދު ޢައްޔަނުކުރައްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
08 Sep 2024
ޚަބަރު
ގާތްގާތުގައި ހިނގި ބޮޑު ދެ އެކްސިޑެންޓްގައި ދެމީހުން މަރުވުމުން ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހުން ނުކުމެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
08 Sep 2024
ޚަބަރު
ސަމާޙް މަރުވި އެކްސިޑެންްޓްގައި އޭނާ ސައިކަލު ދުއްވާފައި ވަނީ ވަންވޭއާ އިދިކޮޅަށް ކަމުގައި ބުނެފައެއް ނުވާނެ: ފުލުހުން
އެކްސިޑެންޓް ހިނގި ފުރަތަމަ ވަގުތުން ފެށިގެންވެސް، ބައެއް ފަރާތްތަކުން ވަނީ އެ އެކްސިޑެންޓް ހިނގީ ސަމާޙްގެ އިޙްމާލުކަންކަން ދެއްކުމަށް ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރަން ފަށާފައެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސަމާޙް މަރުވި އެކްސިޑެންޓްގެ މައްސަލައަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަަކަށް ވާތީ އެމައްސަަލަ އާއި ގުޅޭ އެއްފަދަ އެއްވެސް މައުލޫމާތެއް ފުލުހުން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
08 Sep 2024
ޚަބަރު
ޙަބީބު އެޗްއާރްސީއެމަށް ޢައްޔަނުކުރައްވައި ލިޔުންދެއްވައިފި
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.