Advertisement

ފުލުހުން ހައްޔަރުކުރި މީހުން --

09 Sep 2024
ޚަބަރު

ހައްޔަރުކުރި ތިން މީހުން ވަނީ، ދިވެހި އަންހެނުންގެ 2 ލައްކައަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ އާއި ލައްކައެއްހާ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައި!

ޓެލެގްރާމް ޗެނަލްތައް ހަދައިގެން ބަރަހަނާ މަންޒަރުތައް ޝެއާކުރަމުން ދަނިކޮށް ހައްޔަރުކުރި ތިން މީހުން ވަނީ، ދިވެހި އަންހެނުންގެ 2 ލައްކައަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ އާއި ލައްކައެއްހާ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)އެވެ. މިތިން މީހުންވެސް މިހާރު ތިބީ ކޯޓު އަމުރުގެ ދަށުން ފުލުހުންގެ ބަންދުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަތަކުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން، ޒުބައިރު ޢަލީ  އާއި ނާޞިފް ޢަލީ ހައްޔަރުކޮށްފައި ވަނީ، އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ. އަދި އިސްމާޢީލް ރަބީޙް ހައްޔަރުކޮށްފައި ވަނީ، އޮގަސްޓް 20 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ހިންގަމުން ދިޔަ، ޓެލެގްރާމް ޗެނަލްތައް ހުއްޓުވައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގައި ކަމަށެވެ. މިގޮތުން ޖުމުލަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވާފައި ވާއިރު އެޗެނަލްތަކަށް، 34680 މީހުން ސަބްސްކްރައިބްކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އެޗެނަލްތަކުން ގާތްގަނޑަކަށް ދެމިލިޔަނެއްހާ ރުފިޔާ އެމީހުން ހޯދާފައިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.